މިދިޔަ ހަފުތާގައި ރިޕޯޓްކުރި ސްކޭމްގެ މައްސަލަތަކުގައި ފޭރިގަތް ފައިސާގެ ތެރެއިން ލައްކަ އަކަށްވުރެ ގިނަ ރުފިޔާ ހޯދާފައިވާކަމަށް ފުލުހުން ހާމަކޮށްފިއެވެ. މިމައްސަލަތަކުގައި ދެ ލައްކަ އަށްވުރެ ގިނަ ރުފިޔާ ވަނީ ފޭރިގަނެފައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މެއި މަހުގެ 31 އިން ޖޫން މަހުގެ 06 ވަނަ ދުވަހާ ހަމައަށް ސްކޭމްގެ 33 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.
މި މައްސަލަތަކުގައި އާންމުންގެ އަތުން ޖުމްލަ 258,356.00 ރުފިޔާ ފޭރިގަނެފައިވާކަމަށް ފުލުހުންގެ ހިސާބުތަކުން ދައްކައެވެ. ނަމަވެސް، ކަމާއި ގުޅުންހުރި އިދާރާތަކާ ގުޅިގެން ކުރި މަސައްކަތުން މީގެ ތެރެއިން 150,693.00 ރުފިޔާ އަނބުރާ ހޯދައިދީފައިވާކަން ފުލުހުން ފާހަގަކުރައްވައެވެ.
އީ-ކޮމާސް: 19 މައްސަލަ
ފައިސާ މާރުކުރުން: 4 މައްސަލަ
އޮޅުވާލައިގެން އެހެން މީހެއްގެ ނަމުގައި ފައިސާ ހޯދި: 3 މައްސަލަ
އެހެނިހެން: 7 މައްސަލަ
އޮންލައިން މެސެޖިން
އައިބޭ
ފޯން ކޯލް
ފިޝިން ލިންކް
ފޭސްބުކް މާކެޓްޕްލޭސް
ފުލުހުން ހާމަކުރައްވާފައިވާ ގޮތުގައި މިދިޔަ ހަފުތާގައި އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ، އޮންލައިން ވިޔަފާރި ނުވަތަ އީ-ކޮމާސްއާ ގުޅުންހުރި ސްކޭމްތަކެވެ. މިފަދަ މައްސަލަތައް އިތުރުވަމުންދާތީ، އޮންލައިންކޮށް ވިޔަފާރިކުރާއިރު މުދާ ވިއްކާ ފަރާތްތަކުގެ ސައްހަކަން ކަށަވަރު ކުރުމަށް ފުލުހުން ވަނީ އިލްތިމާސް ކުރައްވާފައެވެ.
ޚާއްޞަކޮށް، ނޭނގޭ ފަރާތްތަކަށް ކުރިއާލާ ފައިސާ ފޮނުވުމުން ދުރުހެލިވުމަށާއި، މުދާ ލިބޭނެކަން އިތުރު ގޮތްގޮތުން ކަށަވަރު ކުރުމަށް ސަމާލުކަން ދިނުމަށް ފުލުހުން ވަނީ އާންމުންނަށް އިރުޝާދު ދެއްވާފައެވެ. ސްކޭމްތަކުން ރައްކާތެރިވުމަށްޓަކައި އާންމުން މިހާރަށްވުރެ ބޮޑަށް ހޭލުންތެރިވުމަކީ، މުހިންމު ކަމެއްގެ ގޮތުގައި ފުލުހުން ފާހަގަކުރެއެވެ.
މީގެ އިތުރުން، ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރާއި "125" ހޮޓްލައިން މެދުވެރިކޮށް މައްސަލަތައް ރިޕޯޓުކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އަދި ބޭންކުތަކާއި ކަމާބެހޭ އިދާރާތައް ގުޅިގެން މައުލޫމާތު ބަދަލުކުރުމުގެ އަވަސް ނިޒާމެއްގެ ތެރެއިން މިހާރު ދަނީ، ގެއްލޭ ފައިސާ އަނބުރާ ހޯދުމަށާއި ކުށްވެރިން އަތުލައިގަތުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ސްކޭމްތަކުގައި ހިމެނޭ ލައްކައަކަށްވުރެ ގިނަ ރުފިޔާ ހޯދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ