ބައެއް މުވައްޒަފުންގެ މުސާރަ ކުޑަވި މައްސަލައިގައި ޒަމީރާ ސުވާލުކޮށްފި

ސަރުކާރު މުވައްޒަފުންގެ މުސާރަތައް އެއްހަމަކުރަން އެންމެ ފަހުން ގެނައި ބަދަލާ އެކު ބައެއް މުވައްޒަފުންގެ މުސާރަ ކުޑަވި ކަމަށް ބުނާ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ)، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާ ސުވާލުކޮށްފިއެވެ. ބައެއް މުވައްޒަފުންގެ މުސާރަ ކުޑަވިކަމަށް ބުނެ، އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. އެހެންވެ، މެންބަރު ކުޑޫ ވަނީ ބައެއް މުވައްޒަފުންގެ މުސާރަ ކުޑަވި ސަބަބާއި ތަފުސީލުތައް ލިޔުމުން ހޯއްދަވަން އެދިވަޑައިގެންފައެވެ. އެގޮތުން، އެކި ރޭންކްތަކުގެ މުވައްޒަފުންނަށް ގެނައި ބަދަލާ ގުޅިގެން އަންނަ އަސަރުތަކާއި ހުރި ކަންބޮޑުވުންތަކާ ގުޅޭ ގޮތުން އޭނާ ވަނީ ތަފުސީލީ 18 ސުވާލެއް ހުށަހަޅުއްވާފައެވެ. އެގޮތުން، ބައެއް މުއައްސަސާތަކުގެ އެކި ލެވެލްތަކުގެ މުވައްޒަފުންގެ ހާޒިރީ އެލަވަންސްގައި ބޮޑު ތަފާތެއް ހުންނާތީ ވެސް ކުޑޫ ވަނީ ސުވާލުކުރައްވާފައެވެ. https://sun.mv/214373 މީގެ އިތުރުން، ބައެއް އިދާރާތަކުގެ މުވައްޒަފުންނަށް ދެމުން އައި 'ދަތުރު އެލަވަންސް' ދިނުން ހުއްޓާލި ސަބަބާ ގުޅޭ ގޮތުން ވެސް އޭނާ ވަނީ ސުވާލު ކުރައްވާފައެވެ. އަދި، 65 އަހަރު ފުރުމުގެ ކުރިން ރިޓަޔާކުރާ މުވައްޒަފުންނަށް 65 އަހަރު ވަންދެން ލިބޭ ފައިސާ އުނިކުރަން ނިންމާފައިވާތީ އެ ކަމާ ގުޅޭ ގޮތުން ވެސް އޭނާ ވަނީ ސުވާލުކުރައްވާފައެވެ. ކުޑޫ ހޯދަން އެދުނު އިތުރު ބައެއް ތަފުސީލުތައް: ޖުޑިޝަރީގެ އައިޓީ މުވައްޒަފުންގެ މުސާރައަށް ގެނައި ބަދަލުގެ ތަފުސީލު ޑިޕްލޮމާއާ އެކު ވަޒީފާއަށް ވަންނަ މީހުންނާއި ލީގަލް އޮފިސަރުންނާ އެއްހަމަކޮށްފައިވާ އުސޫލު ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރައަށް ގެނައި ބަދަލުގެ ތަފުސީލު އިތުރުގަޑިއަށް ގެނައި ބަދަލާ ގުޅޭ ތަފުސީލުތައް މުސާރައަށް ގެންނަ ބަދަލާ މެދު މުވައްޒަފުންގެ ރުހުން ހޯދާ ގޮތުގެ ތަފުސީލު ޓެކްނިކަލް މުވައްޒަފުންނާއި ޓެކްނިކަލް ނޫން މަގާމުތަކުގެ މުސާރަ ކަނޑައެޅުމުގައި އަމަލުކުރި އަސާސް މުސާރައަށް ބަދަލު ގެނައި އުސޫލު މުސާރައަށް ގެނައި ބަދަލާ ގުޅޭ ގޮތުން މުވައްޒަފުން ފާހަގަކޮށްފައިހުރި ގިނަ ކަންބޮޑުވުންތަކަކާ ގުޅިގެން ކުޑޫ ވަނީ ފިނޭންސް މިނިސްޓަރާ ސުވާލުކޮށްފައެވެ. ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް: އޭނާ ވިދާޅުވީ، ދެވަނަ ދައުރެއް ނުލިބެނީ އަދުލު އިންސާފު ހޯދައިނުދޭތީ ކަމަށް --- ފޮޓޯ/ މަޖިލިސް ގިނަ މުވައްޒަފުންތަކެއްގެ މުސާރަތަކަށް ބަދަލު ގެނައީ މިދިޔަ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. ޖުމުލަ ގޮތެއްގައި ގިނަ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް އައި ނަމަވެސް ބައެއް މުވައްޒަފުން ވަނީ މުސާރަ ކުޑަވިކަމުގެ ޝަކުވާކޮށްފައެވެ. އެގޮތުން، ޖުޑިޝަރީގެ ބައެއް މުވައްޒަފުން ވަނީ 'ކަޅުހެދުން' ލައިގެން އިހުތިޖާޖު ވެސް ކޮށްފައެވެ. ޕޭ ހާމަނައިޒްކުރުމަކީ މިދިޔަ ސަރުކާރުން ފެށި މަސައްކަތެކެވެ. އެ މަސައްކަތް އަދިވެސް އެއްކޮށް ނިންމައެއް ނުލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ