ޕޮލިސް ކާރަކާއި ޓެކްސީއެއް ޖެހި އެކްސިޑެންޓެއް ހިނގައިފި

މާލޭގައި ޕޮލިސް ކާރަކާއި ޓެކްސީއެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ކުޑަކުދިންގެ ބަގީޗާ ކުރިމަތީގައެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ އަމީނީ މަގު، ކުޑަކުދިންގެ ބަގީޗާ ކުރިމަތީގައި ޕޮލިސް ކާރަކާއި އެހެން ކާރެއް ޖެހި އެކްސިޑެންޓެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބުނީ މިރޭ 8:17ހާއިރު ކަމަށެވެ. މިރޭ ހިނގި މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާ ނުވި ނަމަވެސް އެކްސިޑެންޓްވި ޓެކްސީގެ ފަހަތަށް ވަނީ ގެއްލުންތަކެއް ލިބިފައެވެ. މީގެއިތުރުން ޕޮލިސް ކާރުގެ ކުރީކޮޅަށްވެސް ވަނީ ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބިފައެވެ. މި އެ އެކްސިޑެންޓް ހިނގަން ދިމާވި ސަބަބެއް އަދި ސާފެއް ނުވެއެވެ. ފުލުހުން އަންނަނީ އެކްސިޑެންޓާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ