ރައްޔިތުން ވިސްނަންވީ މުޖުތަމަޢުގެ ފޭރާން އިޢާދަ ކުރެވޭނޭ ގޮތެއްގެ މައްޗަށް: ޑރ. ޝަހީމް

2023ގެ ރިޔާސީ އިންތިޚާބުގެ އިރު އަރަން ކައިރިވަމުންދާއިރު ރައްޔިތުން ވިސްނަންވީ އެއް ކަމަކީ ރާއްޖޭގެ އިޖުތިމާޢީ ގޮތުން ހަލާކުވަމުންދާ މުޖުތަމަޢުގެ ފޭރާން އިޢާދަ ކުރެވޭނޭ ގޮތެއްގެ މައްޗަށް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީމް މިފަދައިން ވިދާޅުވެފައިމިވަނީ އަންނަ ރިޔާސީ އިންތިޚާބުގެ ރިޔާސީ ޓިކެޓު، އިދިކޮޅު ކޯލިޝަނުން ރައީސް ޔާމީނާއި ހަވާލުކޮށްފައިވާ ދަނޑިވަޅެއްގައެވެ. ޑރ. ޝަހީމަކީ 2018 ވަނަ އަހަރު ރައީސް ޔާމިން އަބްދުލް ގައްޔޫމްގެ ރަނިންމޭޓެއް ގޮތުގައި ހުންނެވި ބޭފުޅެކެވެ. އެހެންކަމުން މިފަދައިން ޝަހީމް ޓްވީޓް ކުރައްވަނީ އަންނަ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ޕްރޮމޯޓްކުރެއްވުމަށް ކަމަށް ބެލެވެއެވެ.
ޑރ. ޝަހީމް ކުރެއްވި ޓްވީޓްގައިވަނީ، 2023ގެ ރިޔާސީ އިންތިޚާބުގެ އިރު އަރަން ކައިރިވަމުންދާއިރު ރައްޔިތުން ވިސްނަންވީ އެއް ކަމަކީ ރާއްޖޭގެ އިޖުތިމާޢީ ގޮތުން ހަލާކުވަމުންދާ މުޖުތަމަޢުގެ ފޭރާން އިޢާދަ ކުރެވޭނޭ ގޮތެއްގެ މައްޗަށް ކަމަށެވެ. އަދި ހަމަ އެކަނި މާއްދިއްޔަތުގެ މައްޗަށް ގައުމުގެ މިސްރާބު ހުރެއްޖެ ނަމަ ގައުމު ފަނާވެދާނެ ކަމަށް ވެސް ޝަހީމްގެ ޓްވީޓުގައި ވެއެވެ.
ބެލެވޭގޮތުގައި ޑރ. ޝަހީމް މިވާހަކަތައް ނިސްބަތްކުރައްވާފައި މިވަނީ މިވަގުތު ހަލަބޮލިވެފައިވާ ގައުމުގެ ސިޔާސީ މަސްރަހަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ