އުނގޫފާރުގެ ބިންހިއްކުމުގެ މަސައްކަތުގެ އީއައިއޭ އާއި ބެހޭ ގޮތުން މަޝްވަރާ ކޮށްފި

އުނގޫފާރުގެ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމަށް ހަދާފައިވާ އީއައިއޭގެ މައުލޫމާތު ހިއްސާކޮށް ހިޔާލު ހޯދުމަށް ބައްދަލުވުމެއް ރޭ ބާއްވައިފިއެވެ. މިބައްދަލުވުން އޮތީ ރޭ ނުވައެއްޖެހިއިރު ރ އަތޮޅު ކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލްގައެވެ. މިބައްދަލުވުމުގައި ކޮންޓްރެކްޓަރ އެމްޓީސީސީގެ އިތުރުން އުނގޫފާރު ކައުންސިލްގެ މެންބަރުންނާއި އުނގޫފާރުގެ މުވައްސަސާތަކުގެ ވެރިންނާއި ކްލަބް ޖަމްއިއްޔާ ޖަމާއަތްތަކުގެ ފަރާތުން މީހުން ބައިވެރިވިއެވެ. އަދި މިހާރުގެ ކައުންސިލްގެ އިތުރުން އަލަށް އިންތިހާބު ވެފައިވާ ކައުންސިލްގެ މެންބަރުންވެސް ބައިވެރިވިއެވެ.މިބައްދަލުވުމުގައި އުނގޫފާރުގެ ބިމުން މިހާރު ހިއްކަން ހަމަޖެހިފައިވާ 10 ހެކްޓަރުގެ ބިމުގެ ސަރަހައްދާއި އަދި ރިވެޓްމަންޓް ޖެހުމާއި ގުޅޭ މައުލޫމާތު ހިއްސާކުރިއެވެ.ބައްދަލުވުމުގެ ބައިވެރިންގެ ފަރާތުން ފާހަގަ ކުރި އެންމެ ބޮޑު އެއްކަމަކީ ހިއްކާ ސަރަހައްދު އިރުމަތި ފަރާތުން އުނިކޮށް އެބަައި ހުޅަނގު ފަރާތުން ބޭރު ތޮށްޓާހިސާބަށް ޖެއްސުމުގައި އެއްވެސް ކަހަލަ ތިމާވެށީގެ މައްސަލައެއް ނުވަތަ އިންޖިނިއަރިން މައްސަލައެއް ނޫޅޭނަމަ އެކަން އެގޮތައް ކޮށްދިނުމަށް އެދޭކަމަށެވެ.ރޭގެ ބައްދަލުވުމުގައި ފާހަގަކުރި ކަންތައްތަކާއި ގުޅޭ ގޮތުން އެމްޓީސީސީން ބުނެފައިވަނީ ބައިވެރިން ފާހަގަ ކުރިކަންކަން އީއައިއޭގެ ފައިނަލް ރިޕޯޓްގައި ހިމަނައި ސަރުކާރަށް ހުށައަޅާނެ ކަމަށެވެ.  ޓެގްރ. އުނގޫފާރު އުނގޫފާރުގެ ބިންހިއްކުމުގެ މަޝްރޫއު އެމްޓީސީސީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ