ނޫސްވެރިޔާގެ މަރުގެ ބައިނަލްއަގުވާމީ ތަހުގީގަކަށް ތުރުކީ ތައްޔާރުވެއްޖެ

އަންކަރާ (ޖެނުއަރީ 22) - އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓް ތެރޭ މަރާލި ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީގެ މަރުގެ ބައިނަލްއަގުވާމީ ތަހުގީގަކަށް ތުރުކީން ތައްޔާރުވެއްޖެ އެވެ.
އިސްތަންބޫލްގައި ބޭއްވި ޒުވާނުންގެ ބައްދަލުވުމެއްގައި ޚާރިޖީ ވަޒީރު މެލްވުތު ކަވުސޮގްލީ ވިދާޅުވީ ނޫސްވެރިޔާގެ މަރާ ގުޅޭ ގޮތުން ސައުދީ އަރަބިއާ އިން ހިންގި ތަހުގީގުގެ އެއްވެސް މައުލޫމާތެއް ތުރުކީއާ ހިއްސާކޮށްފައި ނުވާނެ ކަމަށެވެ.
ތުރުކީގެ ޚާރިޖީ ވަޒީރު ވިދާޅުވީ ޚާޝުގްޖީގެ މަރަށް ހުޅަނގުން ދޭ ސަމާލުކަން ވެސް ކުޑަ ކަމަށެވެ. އަދި މީޑިއާގެ މިނިވަންކަން ހުޅަނގުން މާނަކުރާ ގޮތަކީ އެއީ ކަމަށް ވިދާޅުވި އެވެ.
"ނޫސްވެރިޔާގެ މަރުގެ ބައިނަލްއަގުވާމީ ތަހުގީގެއް ވަރަށް އަވަހަށް ފެށުމަށް މިވަނީ ތައްޔާރުވެފައި. އެކަމާ ގުޅޭ ގޮތުން ހުރިހާ ފިޔަވަޅުތަކެއް އަޅާނަން،" އޭނާ ވިދާޅުވި އެވެ.
ނޫސްވެރިޔާގެ މަރާ ގުޅުން ހުރި އެންމެން ހަވާލު ކުރުމަށް ތުރުކީން ވަނީ ސައުދީގައި އެދިފަ އެވެ. ނޫސްވެރިޔާ މަރާލި ކަމަށް ތުހުމަތު ކުރެވޭ 11 މީހުންގެ ޝަރީއަތް ސައުދީން މިހާރު ވަނީ ފަށައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ