ބްރިޖް ހައިވޭގައި އެކްސިޑެންޓެއް ހިނގާ ރޯޑް ޑިވައިޑަރތައް ކުދި ކުދި ވެއްޖެ

ސިނަމާލެ ބްރިޖް ހައިވޭގައި ރޭ ހިނގި އެކްސިޑެންޓްގައި މަގު ދެބައިކުރުމަށް ޖަހާފައިހުރި ރޯޑް ޑީވައިޑާތަކުގެ ބައެއް ވަރަށް ބޮޑަށް ހަލާކުވެއްޖެއެވެ.
ރޭ ހިނގި މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވއެވެ. މި އެކްސިޑެންޓްގެ ބައެއް ފޮޓޯ މިހާރު އާއްމުވެފައިވާއިރު އެ ފޮޓޯތަކުން ފެންނަ ގޮތުގައި ހައިވޭގައި ހުރި ރޯދް ޑިވައިޑާތަކުގެ ޖެހި އެތަކެތި ހަލާލުވެފައިވަނީ ބާރު ސްޕީޑެއްގައި ދުއްވާފައިދިޔަ ލޮރީ އަކުން ޖެހިފައެވެ. އަދި ލޮރީއަށްވެސް ގެއްލުންތަކެއްވެފައިވާއިރު މަގުގައި ބަހައްޓާފައިހުރި ޑިވައިޑާތަކުން ބައެއް ވަނީ ހަލާކުވެ ކުދި ކުދިވެގެން މުޅި މަގުމަށްޗައި ބުރައިގެން ގޮސްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުޤީގުކުރަމުންނެވެ. ފަހަކަށް އައިސް ބްރިޖް ހައިވޭގައި އެކްސިޑެންޓް ހިނގުންވަނީ އާއްމުވެފައެވެ. ނިމިިދިޔަ ހަފްތާގައިވެސް ބްރިޖް ހައިވޭ މަތީގައިވަނީ އެކްސިޑެންޓްތަކެއް ހިނގާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ