މާފުށި ޖަލުގައި ގައިދީއަކު ޖަލު އޮފިސަރަކަށް ހަމަލާދީފި

މާފުށި ޖަލުގައި މިއަދު ހިނގި ހަމަނުޖެހުމެއްގައި ގައިދީއަކު ޖަލު އޮފިސަރަކަށް ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.
ކަރެކްޝަނަލް ސާވިސް އިން ކުރި ޓްވީޓެއްގައި ބުނީ، މާފުށި ޖަލުގައި މިއަދު ގައިދީއަކު އޮފިސަރަކަށް ހަމަލާ ދިނުމާއި ގުޅިގެން އެ އޮފިސަރު އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ހަމަލާދޭން ބޭނުންކުރި ތަކެތި ހޯދައި ޖަލުގެ ހާލަތު އާންމު ހާލަތަކަށް ގެނެސްފައިވާ ކަމަށެވެ.
އެކަމާ ގުޅޭ އިތުރު ތަފްސީލެއް ކަރެކްޝަންސް އިން ހާމަކޮށްފައެއްނުވެ އެވެ. އަދި އެމީހާއަށް ލިބިފައިވަނީ ކިހާވަރެއްގެ އަނިޔާއެއް ކަމެއްވެސް ސާފެއްނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ