ހައިވޭގައި ކާރެއް އެކްސިޑެންޓްވެ ދެމީހަކަށް އަނިޔާވެއްޖެ

ސިނަމާލެ ބުރިޖާ ގުޅޭ ހައިވޭގައި ބާރު ސްޕީޑްގައި ދުއްވި ކާރެއް ކޮންޓްރޯލު ނުވެ، ހައިވޭގެ ފެންސްގެ ބައެއް ފަޅާލައި މޫދާ ދިމާއިން ތޮށިގަނޑުގައި ޖެހިއްޖެ އެވެ.
މި ހާދިސާގައި ދެ މީހަކަށް އަނިޔާވި އެވެ. އެ ކާރުގައި އެވަގުތު ތިބީވެސް ދެ މީހުންނެވެ.
މި އެކްސިޑެންޓު ހިނގާފައި ވަނީ ރޭ މެންދަމު 3:00 ޖެހި އިރު އެވެ. ހުޅުމާލެއިން މާލެއަށް ދަތުރުކުރި އެ ޕްރައިވެޓް ކާރު ކޮންޓްރޯލް ނުވެ ތޮށިގަނޑުގައި ޖެހުމުގެ ކުރިން ފެންސާއި ހޮޅިދަނޑިއެއްގައި ޖެހި ބޮޑު ބައެއް ހަލާކުވެފައި ވެއެވެ.
ކާރުގައި ތިބި ދެ ފިރިހެނުންނަށް ފަރުވާ ދެނީ ހުޅުމާލޭ ހޮސްޕިޓަލުގަ އެވެ. އެ ދެމީހުނަށް އެކި ވަރުގެ އަނިޔާވި ނަމަވެސއް ހާލު ސީރިއަސްކަން ނުވަތަ ނޫން ކަމެއް އަދި ސާފެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ