ނުވަ ރަށެއްްގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމު ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

ރާއްޖޭގެ 9 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމަށް މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިއަދު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް އެންޑް އިންފްރަސްޓަރަކްޗަރ ގައި ބޭއްވި ރަސްމިޔާތުގައި މި ނުވަ ރަށުގެ މަސައްކަތް ކުރުމަށް ދެ ކުންފުންޏަކާއި ވަނީ ހަވާލުކޮށްފައެވެ.
އެގޮތުން ށ ފޯކައިދޫގައި ނަރުދަމާގެ ނިޒާމު އެޅުމަށް ނިންމާފައިވަނީ 16.9 މިލިއަން ރުފިޔާއަށް މޯހަން މުތާ އެކްސްޕޯޓްސް ޕްރައިވެޓް ލިމިޓެޑާ ވަނީ ހަވާލުކޮށްފައެވެ. މިއީ 2 އަހަރު ދުވަހު ނިންމާގޮތަށް ކަނޑައަޅާފައިވާ މަޝްރޫއެކެވެ. މީގެ އިތުރުން ތ ވަންދޫގެ ފެނާައި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމަށް 20 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައި ވަނީވެސް އެ ކުންފުންޏާއެވެ. އަދި ރ .ރަސްގަތީމުގެ ފެނާއި ނަރުދަމާ ގާއިމު ކުރުމަށް 24 މިލިއަން ރުފިޔާއަށް މޯހަން މުތާ އެކްސްޕޯޓްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައި ވެއެވެ.
އަދި ބ. ހިތާދޫގެ ފެނާއި ނަރުދަމާ ގާއިމު ކުރުމަށް 35 މިލިއަން ރުފިޔާއަށް ވަނީ ހަމަ އެ ކުންފުންޏާއި ހަވާލުކޮށްފައިވާއިރު، ށ، ކަނޑިތީމުގެ ފެނާއި ނަރުދަމާ ގާއިމު ކުރުމަށްވެސް ހަވާލުކޮށްފައި ވަނީ ހަމަ މި ކުފުންޏާއެވެ. މިއީ 17 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިޔާތުގައި ށ މަރޮށީގެ ފެނާއި ނަރުދަމާ ގާއިމު ކުރުމަށް 35 މިލިއަން ރުފިޔާ އަށް ސްޓެޓިކް ކޮމްޕެނީ އާއި ވަނީ ހަވާލުކޮށްފައެވެ.
އަދި ތ ކަނޑޫދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައި ވަނީ އަޒްރޯވާ މޯލްޑްވްސް ޕްރައިވެޓް ލިމިޓެޑާއެވެ. 19 މިލިއަން ރުފިޔާއަަށް އެ މަޝްރޫއުގެ މަސައްކަތް ކުރުަމަށް ހަވާލުކުރިއިރު، ރ. ވާދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ކުރުމަށްވެސް ހަވާލުކޮށްފައި ވަނީ ހަމަ އެ ކުންފުންޏާއެވެ. މިއީވެސް 19 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ..
މީގެ އިތުރުން، ށ ކޮމަންޑޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ކުރުމަށްވެސް އަޒްރޯވާ މޯލްޑްވްސް ޕްރައިވެޓް ލިމިޓެޑާއި ވަނީ ހަވާލުކޮށްފައެވެ. އެއީ 23 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ