ދީނުގެ ނަމުގަައި ކުރަމުން މިދާ ކަންކަމަށް ބަލާ، ކިޔަވައިދިނުމުގެ މަންހަޖު ބަދަލު ކުރަން ޖެހޭ - ނަޝީދު

އިސްލާމް ދީނުގެ ނަމުގައި ކުރަމުން މިދާ ކަންކަމަށް ބަލާ، ރާއްޖޭގެ މުސްތަޤްބްލު ސަލާމަތް ކުރުމަށް ރާއްޖޭގައި ކިޔަވައިދެމުން އަންނަ މުޤައްރަރު ބަދަލު ކުރަން ޖެހޭ ކަމަށް ކުޜިގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިރޭ އެޑިއުކޭޝަން މިނިސްޓަރ މެންޝަން ކުރައްވަވާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިހާރު ރާއްޖޭގައި ކިޔަވައިދެމުން އަންނަ ފޮތްތަކުގައި ރުޅިވެރިކަމާއި ނަފްރަތް އުފެދޭ ފަދަ ވާހަކަތައ މާ ގިނަ ކަމަށެވެ.
"އިސްލާމް ދީނުގެ ނަމުގައި ހިންގަމުން މިދާ ކަންކަމަށް ބަލާ، ރާއްޖޭގެ މުސްތަޤްބަލް ސަލާމަތް ކުރުމަށްޓަކައި މިވަގުތު އެންމެ މުހިންމު ކަމަކީ ރާއްޖޭގެ މަދަރުސާތަކުގެ މުޤައްރަރު އިސްލާހު ކުރުން. މިހާރުގެ ދަރިވަރުންގެ ފޮތްތަކުގައި ރުޅިވެރިކަމާއި ނަފްރަތު އުފައްދާފަދަ ވާހަކަތައް މާގިނަ” އެޓްވީޓްގައި ރައީސް ނަޝީދް ވިދާޅުވިއެވެ.
މުޤައްރަރު ބަދަލުކުރަންޖެހޭކަމަށް ރައީސް ނަޝީދުގެ ރަސްމީ ޓްވިޓަރ އެކައުންޓުން ޓްވީޓް ކުރައްވާފައި މިވަނީ ނަޝީދު ގެންގުޅުއްވާކަމަށް އަޑުފެތުރިފައިވާ ފޭކް ޓްވިޓަރ އެކައުންޓް “އެލެކްސް އަޙްމަދު” އައިޑީ ތައުލީމީ މަންހަޖަށް ފާޑުވިދާޅުވިތާ މާ ގިނައިރުތަކެއް ނުވަނީހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ