ހުޅުމާލޭގައި ދެކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަަލަނީ

ހުޅުމާލޭގައި ހަ އަހަރުގެ ފިރިހެން ކުއްޖަކަށާއި އަށް އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން މިއަދު ބުނީ، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު 1:00 ހާއިރު، ކުޑަ ދެ ފިރިހެން ކުއްޖަކާއެކު ފިރިހެނަކު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ބުނާ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލައިގައި އެއްވެސް މީހަކު މިހާތަނަށް ހައްޔަރު ކޮށްފައެއް ނުވެ އެވެ.
އެމައްސަލައާ ގުޅިގެން ޖެންޑާ މިނިސްޓްރީން ބުނީ، ދެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުންނާއި ގުޅިގެން ތަހުގީގް ކުރަމުންދާ ކަމަށެވެ. އެމައްސަލާގައި ހިމެނޭ ދެ ކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް އާއިލާއާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް މިހާރު އަޅާފައިވާ ކަމަށެވެ.
މިދިޔަ ހަފްތާގައި ވަނީ، އުމުރުން ނުވަ އަހަރުގެ އަންހެން ކުއްޖަކާއި ބެހުނު މައްސަލައިގައި 71 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފަ އެވެ. އަދި އެ މައްސަލާގައި ތުހުމަތު އެ އަންހެން ކުއްޖާގެ ދެ ބޭބެ އަށްވެސް ވަނީ ކޮށްފަ އެވެ. އެއީ ވެސް ކުޑަ ދެ ކުދީންނެވެ. އޭގެ ތެރެއިން އެއް ބޭބެގެ އުމުރަކީ 16 އަހަރެވެ. އަނެއް ބޭބެގެ އުމުރަކީ 13 އަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ