އެމްޑީޕީގެ ފްލެޓު މަޅީގައި ނުޖެހެމާ: ނިހާނު

އެމްޑީޕީގެ ސަރުކާރުން 2011 ގައި ކުރިއަށް ގެންދިޔަ "ވެށިފަހި މާލެ" ޕްރޮގްރާމަށް ޝަރުތު ހަމަވެ ފްލެޓް ނުލިބުނު މީހުންނަށް، ފްލެޓު ލިބޭނެ ކަމުގެ ޔަގީންކަން މާލެ ދާއިރާއަށް އެމްޑީޕީ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓުން ދެއްވުމާއި ގުޅިގެން އެމަޅީގައި ނުޖެހުމަށް ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަހުމަދު ނިހާން ހަސަން މަނިކު ގޮވާލައްވައިފިއެވެ.
ނިހާނު މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ އެމްޑީޕީގެ ފްލެޓު މަޅީގައި ނުޖެހުމަށް ގޮވާލާކަމަށެވެ.
މާލޭ ދާއިރާތަކުގެ ކެމްޕޭންގައި، ބައެއް ކެންޑިޑޭޓުން ގެންދަވަނީ ވެށިފަހި މަޝްރޫއުން ފްލެޓް ނުލިބި ތިބި މީހުންނާ ބައްދަލު ކުރައްވަމުންނެވެ.އަދި އެފަރާތްތަކަށް ފްލެޓު ލިބޭނެކަމުގެ ޔަގީންކަން ދެއްވުމާއި ގުޅިގެން އިންތިހާބަށް ނުފޫޒު ފޯރުވާކަމަށް ބުނެ އެ ކެންޑިޑޭޓުންނަށް ދަނީ ފާޑު ކިއުން އަމާޒު ވަމުންނެވެ.
ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ރައީސް ޔާމީންގެ ކެމްޕެއިން އޮފީހުން ވަނީ އެސަރުކާރުގެ ހިޔާ މަޝްރޫއުގެ ފްލެޓު ލިބޭނެކަމަށް ބުނެ ބައެއް ފަރާތްތަކާއި ބައްދަލުކޮށްފައެވެ. އަދި އިއްލާންވެގެން ދިޔަ ލިސްޓުގައި ޝަރުޠު ހަމަނުވާ އެތައް ބަޔަކު ހިމެނިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ