މައްސަލަތަކުގައި ރައްޔިތުން އަމިއްލައަށް ގޮތް ނުނިންމުމަށް ފުލުހުން އިލްތިމާސްކޮށްފި

ފުލުހުންނަށް ހުށައެޅޭ ތަފާތު މައްސަލަތަކުގައި ރައްޔިތުން އަމިއްލައަށް ގޮތް ނުނިންމުމަށް ފުލުހުން އެދިއްޖެއެވެ.ފުލުހުންގެ ސްޕޯކްސްޕާރސަން އިޒްމިއާ ޒާހިރުއާ ހާވާލާދީ އޮންލައިން ނޫހެއްގައި ބުނެފައިވަނީ މިހާރަކަށް އައިސް ފުލުހުންނަށް ހުށައެޅޭ މައްސަލަތަކާ ގުޅިގެން ފުލުހުންގެ ތަހުޤީޤަށް ނޭނގި އާންމު ރައްޔިތުން އެފަދަ މައްސަލަތަކުގައި ގޮތް ނިންމަން މަސައްކަތް ކުރާކަން ފާހަގަކުރެވިފައިވާ ކަމަށާއި، އެކަމުގެ ސަބަބުން ފުލުހުންގެ ތަހުޤީޤަށް ހުރަސް އެޅޭ ކަމަށެވެ.ފުލުހުންގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ޖިނާއީ ކުށްތައް ތަހުޤީޤު ކުރުމުގެ ބާރު ފުލުހުންނަށް ލިބިދީފައިވާ ހިނދު، ކޮންމެ ފަރުދަކުވެސް އަމިއްލައަށް މައްސަލަ ތަހުޤީޤު ކުރަން އުޅުމުގެ ބަދަލުގައި އޮންނަ އުސޫލުގެ ދަށުން ފުލުހުންނާއި ގުޅިގެން އެ މައްސަލައެއް ތަހުޤީޤު ކުރުމަށް އިލްތިމާސް ކުރާ ކަމަށް އިޒްމިއާ ވަނީ ވިދާޅުވެފައެވެ.ފުލުހުން މިފަދައިން ވިދާޅުވެފައިވާއިރު، ހުޅުމާލޭގައި ކުޑަ ދެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ މައްސަލާގައި ފިރިހެނަކު ހައްޔަރު ކޮށްފައިވާއިރު، އެ މީހާ ވަނީ ހުޅުމާލޭގައި ގަން ހިންގުވާފައެވެ. އަދި ދާދި ފަހުން ކ. ދިއްފުށީގައި ވައްކަން ކުރި މީހަކަށް ރައްޔިތުން ނުކުމެ "އަދަބު" ދީފައިވެއެވެ.. މިފަދަ ގޮތްގޮތަށް ރައްޔިތުން ކަންކަން ކުރަމުންދަނީ ދިވެހި ފުލުހުންނަށް މައްސަލަތަކުގައި އަމަލު ކުރަންވާ އުސޫލުން ކަންކަން ނުކުރެވޭތީ ކަމަށް ގިނަ ރައްޔިތުން ދަނީ ބުނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ