މިސަރުކާރުން ޖުޑިޝަރީގެ ބާރުތައް ފޭރިގެންފި – ޔާމީން

މިސަރުކާރުން ޖުޑިޝަރީގެ ބާރުތައް ފޭރިގެންފި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ޔާމީން މިހެން ވިދާޅުވީ ޕީޕީއެމް އިން ކާނިވާ ސަރަހައްދުގައި ބާއްވަމުންދާ އެއްވުމެއްގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ. ފާއިތުވި އަށެއްކަ މަސް ދުވަހުގެ ތެރޭގައި ޔާމީން ބައިވެރިވެ ވަޑައިގެންނެވި މިފަދަ ފުރަތަމަ އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ ޝަރުޢީ ދާއިރާގެ ބާރު ކަނޑުވާލުމަކީ ގައުމުގެ އެންމެ މުހިންމު މުއައްސަސާގެ ދުވަސް ދުއްވާލުން ކަމަށެވެ.
މިސަރުކާރުން ޖުޑިޝަރީގެ ބާރުތައް ފޭރިގެންފި ކަމަށް ޔާމީން ވިދާޅުވީ މިހާރު ރާއްޖެ އާއި އިންޑިއާ އިން ސޮއި ކުރަން ތައްޔާރުވަމުންދާ އެއްބަސްވުމާއި، ރައީސް ޞާލިހް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަންތަކަށް އާދަޔާއި ހިލާފު ބާރުތައް ދީފައިވާ ޤާނޫނަށް އިޝާރާތް ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
"ރައްޔިތުން ރައީސް ކަން ދީފި، ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް ވެސް ދީފި. ނަމަވެސް އެއީ ހިތުހުރި ގޮތަކަށް ކަންތައް ކުރަން ދީފައި އޮތް ހުއްދައެއް." ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް ރައްޔިތުން ސަރުކާރަށް ދިން ނަމަވެސް މެންބަރުން ކުރާ ހުރިހާ ކަމެއް ރައްޔިތުންނަށް ކަމުނުދާނެ ކަމަށެވެ.
"ޤާނޫނު އަސާސީގެ 115 މާއްދާގެ ދަށުން ލިބިދޭ ބާރުތައް ބޭނުން ކުރަން ވާނީ އުސޫލުގެ ތެރެއިން. ޤާނޫނު އަސާސީގެ ދަށުން ރައީސް އަށް ލިބިދޭ ބާރެއް ނޫން އެއީ ޝަރުޢީ ދާއިރާ އަށް ބާރު ފޯރުވުމަކީ." ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ ދިވެހިން ރާއްޖެ އިން ބޭރަށް ގެންގޮސް ޝަރީޢަތް ހިންގުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށެވެ.
"އެމީހުން ބޮޑުވި ރާއްޖެ އިން ބޭރަށް ގެންގޮސް ޝަރީޢަތް ހިންގިގެން ނުވާނެ. އެންމެ ވަރުގަދައަށް ބަރުލަމާނީ ނިޒާމް ހިނގާ ގައުމުތަކުގައި ވެސް ސުޕްރީމް ކޯޓުގެ އަމުރަށް ހުރިހާ ފަރާތްތަކަކުން އިހްތިރާމް ކުރޭ" ޔާމީން ވިދާޅުވިއެވެ.
ޔާމިން މިރޭ ވެސް ތަކުރާރުކޮށް ވިދާޅުވީ ގޮތް ނިންމުމުގައި އަމިއްލަ ބަސް ބުނުމުގެ ޙައްޤު ދިވެހި ރައްޔިތުންނަށް އޮންނަން ޖެހޭނެ ކަމަށެވެ.
"ގެއާއި، ގަހަނާކޮޅު ރަހީނުކޮށްފައި މައިންބަފައިން ދަރިން ފޮނުވަނީ އެނބުރި އައިސް އަމާންކަމެއް ނެތް ގައުމަކަށް ޚިދުމަތް ކުރާކަށް ނޫން." ޔާމީން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ