ޕަބްޖީ ކުޅުމަށް އުރީދޫ އިން ހާއްސަ ޕެކޭޖެއް

އުރީދޫ އިން މޮބައިލް ގޭމް ކުޅުންތެރިންގެ ބޭނުންތަކަށް ވިސްނައި ރާއްޖެއާއި ރާއްޖޭން ބޭރުގައިވެސް މަގްބޫލުކަން ހޯދާފައިވާ ޕަބްޖީ ކުޅުމަށް ހާއްސަ ޑޭޓާ ޕެކޭޖްތަކެއް ތައާރަފްކޮށްފި އެވެ. އުރީދޫ އިން ބުނީ ޕަބްޖީ އަންލިމިޓެޑް ޕެކޭޖު ލިބޭނީ 250 ރުފިޔާއަށް ކަމަށެވެ. އެއީ 30 ދުވަހުގެ ޕެކޭޖެކެވެ. "ޕަބްޖީ އަކީ ރާއްޖޭގައި އެންމެ މަގްބޫލުކަން ހޯދާފައިވާ އެއް ގޭމު. އަދި މި ގޭމު ކުޅުމުގައި އާއިލާ އާއި ރައްޓެހިންނާ އެކު ގިނަ އަދަދެއްގެ ވަގުތު ކަސްޓަމަރުން ހޭދަކުރަމުންދޭ. އުރީދޫގެ 4ޖީ ޕްލަސް ނެޓްވާކް ބޭނުންކުރައްވާ ކަސްޓަމަރުންނަށް ޑޭޓާ ބޭނުންކުރާގޮތް ދެނެގަނެ ކޮންޓްރޯލް ކުރުމަށް ޕަބްޖީ ޕެކްތައް އެހީތެރިވެ އެކުވެރިންނާ އެކު ބޭނުން ވަގުތަކު ޕަބްޖީ ކުޅުމަށް ފަސޭހަކޮށްލަދޭނެ،" އުރީދޫގެ ސީއީއޯ ނަޖީބް ހާން ވިދާޅުވި އެވެ. އުރީދޫ އިން ބުނީ ޕަބްޖީ ޕްލޭންތައް ހިޔާރުކުރުމަށް މައި އުރީދޫ އެޕް މެދުވެރިކޮށް ނުވަތަ 5555 އަށް ޕެކޭޖުގެ ކީވޯޑު އެސްއެމްއެސް ކުރަންޖެހޭކަމަށެވެ. އަދި #1*5*929* އަށް ގުޅުމުން ފަސޭހަކަމާއެކު އެ ހިދުމަތް ލިބޭނެ ކަމަށް ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ