މާލެ ފެހިކޮށް ރީތި ކުރުމުގެ ފަސް އަހަރު ދުވަހުގެ ޕްރޮޖެކްޓެއް ސިޓީ ކައުންސިލުން ފަށައިފި

މާލެ ފެހިކޮށް ރީތި ކުރުމުގެ ފަސް އަހަރު ދުވަހުގެ ޕްރޮޖެކްޓެއް ސިޓީ ކައުންސިލުން ފަށައިފިއެވެ.
މިއަދު ހެނދުނު ޖުމްހޫރީ މައިދާނުގައި ފެށި މިޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ބިޒްނަސް އިމޭޖް ގުރޫޕު(ބިގް)އާއި ހަވާލުކޮށްގެންނެވެ.
ސިޓީ ކައުންސިލުން މައުލޫމާތުދޭ ގޮތުގައި މިޕްރޮޖެކްޓަށް ދައުލަތުގެ ބަޖެޓުން އެއްވެސް ފައިސާއެއް ހަރަދު ކުރުމަށް ނިންމާފައެއް ނުވެއެވެ. މިމަސައްކަތް ކޮށްދިނުމުން ބިގްއަށް ދިނުމަށް ނިންމާފައިވާ އަގަކީ މާލޭ ސިޓީ ކައުންސިލުން ހުއްދަދޭ ސަރަހައްދުތަކުގައި އެކުންފުންޏަށް އިޝްތިހާރު ކުރުމުގެ ހުއްދަ ދިނުމެވެ.
ސީއެންއެމަށް މައުލޫމާތު ދެއްވަމުން ސިޓީ ކައުންސިލްގެ މެމްބަރު އިބްރާހީމު ސުޖާއި މިއަދު ވިދާޅުވީ މަޝްރޫއުގެ ދަށުން މާލެއަކީ ސާފުތާހިރު ތަނަކަށް ހަދާ އިރު، މިހާރަށް ވުރެ ބޮޑަށް ތިމާގެ ވަށައިގެންވާ ވެށި ސާފުތާހިރު ކުރުމަށް އާއްމުންގެ ހޭލުންތެރިކަން އިތުރު ވެގެންދާނެއެވެ. އަދި ސާފުތާހިރު އާދަތަކަށް ލޯބި ޖެހިގެންދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ