ފްރާންސްގެ ހަތަރު ކުޅުންތެރިޔަކާ މެދު ފިޔަވަޅު އަޅަން އެގައުމުން ނިންމައިފި

ފްރާންސްގެ ހަތަރު ކުޅުންތެރިޔަކާ މެދު ފިޔަވަޅު އަޅަން އެގައުމުގެ ފުޓުބޯޅަ ފެޑެރޭޝަން އިން ނިންމައިފިއެވެ.
ނިމިގެން ދިޔަ ޔޫރޯގައި އަހުލާގީ ގޮތުން ދަށް ކަންތައްތަކެއް ފާހަގަ ކުރެވިގެން ފިޔަވަޅު އަޅަން ނިންމާފައިވަނީ، މެންޗެސްޓަރ ސިޓީއަށް ކުޅޭ ސަމީރު ނަސްރީއާއި ފްރާންސްގެ ސްޓޭޑް ރެނައިސްއަށް ކުޅޭ ޔާން އެމްވިޔާއާއި، ޕެރިސް ސެންޓްޖާމައިން އަށް ކުޅޭ ޖެރެމީ މެނޭޒް ގެ އިތުރުން ނިއުކާސަލްއަށް ކުޅޭ ހާތިމް ބިން އަރްފާއެވެ.
ނަސްރީ ވަނީ ނޫސްވެރިންތަކަކާ ބޭއަދަބީ ގޮތުން ވާހަކަ ދައްކާފައެވެ. އަދި މެނޭޒްވަނީ ކުއާޓާފައިނަލްގެ މެޗަށްފަހު ކެޕްޓަން ހިއުގޯ ލިއޯރިސްއާ ޒުވާބު ކޮށްފައެވެ. ހަތިމް ބިން އަރްފާ ކޯޗް، ބްލޭންކްއާ ޒުވާބު ކޮށްފައިވާއިރު އެމްވިޔާ ވަނީ ބަދަލުކުރުމުން އެކަމާ ހިތްހަމަ ނުޖެހިގެން ކޯޗް ސަލާމް ކުރަން އަތްދިން ކުރުމުން ސަލާން ނުކޮށް އަތް ފޮޅާލާފައެވެ.
ފުޓުބޯލް ފެޑެރޭޝަން އޮފް ފްރާންސް (އެފްއެފްއެފް)ގެ ރައީސް ނޮއެލް ލެ ގްރެޓް ވިދާޅުވި ގޮތުގައި އިންޑިވިޖުއަލް ބޯނަސްގެ ގޮތުގައި ކޮންމެ ކުޅުން ތެރިއަކަށް ދޭ 80000 ޔޫރޯވެސް ވަނީ މިވަގުތަށް ހިފަހައްޓާފައި ކަމަށެވެ. އަދި އަދަބު ދިނުމަކީ އޭނާ ކުރާ ހިތްވާކަމެއް ނޫން ކަމަށްވެސް ގްރޭޓް ބުންޏެވެ.
"އަހަރެން ކުރާ ހިތްވާކަމެއްނޫން އަދަބު ދިނުމަކީ. އަދި ހަރުކަށި ނިންމުންތަށް ނިންމުމަކީވެސް ކުރާ ހިތްވާ ކަމެއްނޫން. އެހެންނަމަވެސް ކުޅުންތެރިންގެ އަމަލުތަކަށް އެމީހުން ޖަވާބުދާރީ ކުރެވެން އެބަޖެހޭ،" ގްރެޓް ހާމަ ކުރިއެވެ.
މިމުބާރާތަށް ފަހު ފްރާނސްގެ ކޯޗް ލައުރެންޓް ބްލެންކް ވަނީ ކޮންޓްރެކްޓް ހަމަވުމުން މަގާމާ ދުރުވެފައެވެ. ބްލެންކް ގެ ކުރިން އެމަގާމުގައި ހުރި ރޭމަންޑް ޑޮމެނެކް އެކޭ އެއްފަދައިން ބްލެންކް ވެސް ވަނީ ޓީމުގެ އެތެރޭގެ ހަމަނުޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ. ބްލެންކް ބުނި ގޮތުގައި ކުއާޓާފައިނަލްގެ މެޗު ކުޅުމުގެ ކުރިންވެސް ކުޅުންތެރިންގެ މެދުގައި ދެބަސްވުން އުފެދި ޓީމު އޮތީ ބައިބައި ވެފައިވާ ކަމަށެވެ.
ރޭމަންޑް ޑޮމެނެކްގެ ބެލުމުގެ ދަށުން 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގުރޫޕު ސްޓޭޖުގެ އެއްވެސް މެޗެއް މޮޅު ނުވެ މުބާރާތް ނިންމާލި އިރު އެފްއެފްއޭއިން ވަނީ އެ މުބާރާތް ކުޅުން ޓީމުގެ 23 ކުޅުންތެރިން އެއް މެޗަށް ސަސްޕެންޑް ކޮށްފައެވެ.
އެފްއެފްއޭއިން ވަނީ ފްރާނސްގެ ކޯޗު ކަން މާސެއިލްގެ ކޯޗް ޑިޑިއާ ޑެސްކެމްޕސްއަށް ދޭން ނިންމާފައެވެ. ނަމަވެސް ޑެސްކެމްޕްސް މިކަމާ އަދި ގޮތެއް ނުނިންމައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ