ވެލިދޫގައި 24 އަހަރުގެ ޒުވާނަކު ދަންޖެހިގެން މަރުވެއްޖެ

ނ. ވެލިދޫގައި 24 އަހަރުގެ ޒުވާނަކު މިއަދު ދަންޖެހިގެން މަރުވެއްޖެ ކަމަށް ފުލުހުން ބުނެފި އެވެ.ވެލިދޫ އަތިރޭގޭ އަހުމަދު މުހަންމަދު ދަންޖެހިގެން މަރުވެފައި ހުއްޓާ ފެނިފައިވާ އޭނާ މިހާރު ދިރިއުޅެމުންދާ ގޭގެ ކޮޓަރި ތެރެއިން ކަމަށް ފުލުހުން ބުންޏެވެ. މިކަމުގެ މަޢުލޫމާތު ނ. ވެލިދޫ ޕޮލިސް ސްޓޭޝަނަށް ލިބިފައިވަނީ މިއަދު މެންދުރު 12:35 ހާއިރު ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ