ހުޅުމާލެ ކޯޓަކީ ސައްހަ ކޯޓެއް ނޫން ކަމަށް މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ނިންމައިފި

ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަކީ ގާނޫނާއި ހިލާފަށް އުފައްދާފައިވާ ކޯޓެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން ނިންމައިފިއެވެ.
ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަކީ ގާނޫނާއި ހިލާފަށް އުފައްދާފައިވާ ކޯޓެއްކަމަށް މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން ނިންމީ މިއަދު ބޭއްވި އެކޮމެޓީގެ ބައްދަލުވުމުގައެވެ. އެކޯޓަކީ ގާނޫނީގޮތުން ސައްހަ ކޯޓެއް ނޫންކަމަށް، ދިއްދޫ ދާއިރާގެ މެމްބަރު އަހުމަދު ސަމީރު ހުށަހަޅުއްވި މައްސަލައަށް ތާއިދު ކުރެއްވީ ހަނިމާދޫ ދާއިރާގެ މެމްބަރ މުހައްމަދު މުޖުތާޒުއެވެ.
ހުޅުމާލޭ ކޯޓަކީ ކޯޓުތަކައި ބެހޭ ގާނޫނާ ހިލާފަށް އުފައްދާފައިވާ ކޯޓެއް ކަމަށް ފާސްކޮށްފައިވަނީ ހާޒިރުވެ ތިއްބެވި ނުވަ މެމްބަރުންގެ ތެރެއިން އަށް މެމްބަރުން ވޯޓު ދެއްވައިގެންނެވެ.
މިމައްސަލައަށް ތާއިދު ނުކުރައްވާ ކަމަށް ވޯޓު ދެއްވީ ވިލިފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު އެކަންޏެވެ. މައްސަލާގައި ވާހަކަ ދައްކަވަމުން ރިޔާޒު ވިދާޅުވީ އެމައްސަލަ ސްޕްރީމު ކޯޓުން ބަލަމުންދާ ދަނޑިވަޅެއްގައި އެފަދަ ނިންމުމެއް ނިންމުމަކީ ކޯޓުތަކަށް ނުފޫޒު ފޯރުވުމަށާއި ކޯޓުތަކުގެ ހުރުމަތާއި މެދު ކޮމިޓީން ސުވާލު އުފެއްދޭ ފަދަ ކަމެއް ކަމަށް ގަބޫލު ކުރައްވާތީ އެކަމަށް ތާއިދު ނުކުރައްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ