ކޯވިޑް-19 : ޕޮޒިޓިވްވި މީހުންގެ އިތުރުވުމެއް، މިއަދު 25 މީހުން ޕޮޒިޓިވްވި

ކޯވިޑް-19އަށް ޕޮޒިޓިވްވާމީހުންގެ ޢަދަދު ދަށްވެފައި ހުރުމަށްފަހު މިއަދު އަނެއްކާވެސް ބަލި ޖެހުނު މީހުންގެ ޢަދަދު މައްޗަށް ޖެހިލައިފިއެވެ.
އިއްޔެ ކޯވިޑް-19އަށް ޕޮޒިޓިވްވީ 10 މީހުންނެވެ. ނަމަވެސް މިއަދު ޕޮޒިޓިވްވީ 25 މީހުންނެވެ. މިއީ 15 މީހުންގެ އިތުރުވުމެކެވެ. މިއަދު ޕޮޒިޓިވްވި 25 މީހުންގެ ތެރޭގައި ގިނަ ދިވެހިންނެވެ. އެއީ 19 ދިވެހިންނެވެ. ދެން މިބަލި ޖެހުނު މީހުންނަކީ ބަންގްލަދޭޝްގެ 4 މީހުންނާއި، އިންޑިއާގެ 1 އާއި، ނޭޕާލްގެ 1 މީހެކެވެ. މިއާއެކީ ރާއްޖޭގައި މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު ވަނީ 2435 އަށް އިތުރުވެފައެވެ.
ކޯވިޑަށް ޓެސްޓްކުރުމަށް ރާއްޖޭގައިމިހާތަނަށް ފަންސާސް ފަސް ހާހަށްވުރެ ގިނަ ސާމްޕަލް ވަނީ ނަގާފައެވެ. އެގޮތުން ބައްޔަށް ޓެސްޓްކުރުމަށް 55245 ސާމްޕަލެއް ނަގާފައިވާކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
މިވަގުތު ކޯވިޑަށް ޕޮޒިޓިވްވި މީހުން ހިމެނޭހެން އައިސޮލޭޝަންގައި 269 މީހުން އެބަތިއްބެވެ. އަދި ކަރަންޓީން ފެސިލިޓީސްތަކުގައި 112 މީހުން ތިބިކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. ރާއްޖޭގައި ކޯވިޑް ބަލީގައި މިހާތަނަށް 10 މީހަކު ވަނީ މަރުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ