އައިޖިއެމްއެޗުން ކޮވިޑަށް ޕޮޒިޓިވްވި އަދަދު 15 އަށް

އައިޖީއެމްއެޗްއިން މިހާތަނަށް 15 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
މިރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ މިއަދުވެސް ދެ ނަރުހުންނާއި އައިޖީއެމް ހޮސްޕިޓަލުން ފަރުވާ ހޯދި ދެ މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
ނަޒްލާ ވިދާޅުވީ އަދިވެސް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން ގެންދާ ކަމަށާ މިހާތަނަށް 308 މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށެވެ. އޭގެ ތެރެއިން ބައެއް ސާމަޕްލްތަކުގެ ނަތީޖާ ނުލިބޭ ކަމަށް ނަޒްލާ ވިދާޅުވިއެވެ.
އައިޖީއެމްއެޗުގައި ކޮވިޑް-19 ފެތުރުނުކަން އެނގުނީ އެ ހޮސްޕިޓަލްގެ އައިސީޔޫގައި ކެންސަރު ބައްޔަށް ފަރުވާދެމުން ދިޔަ އިންޑޮނޭޝިއާގެ ފިރިހެނަކު ކޮވިޑަށް ޕޮޒިޓިވްވުމާއެކު އެހެން ބައެއް މީހުންގެ ޓެސްޓުތައް ހެދުމުންނެވެ.
އައިޖީއެމްއެޗުގެ ހަ ސްޓާފުންނާއި ހަތް ޕޭޝަންޓުން އަދި ދެ އެހީތެރިން މިހާތަނަށް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ