ސަހީހް މުސްލިމްގެ ތަރުޖަމާގެ 11 ވަނަ އަދަދު ނަޝީދު ނެރެދެއްވައިފި

"ސަހީހުލް މުސްލިމް"ގެ ތަރުޖަމާއާއި ޝަރަހައިގެ 11 ވަނަ ބައި ނެރެފިއެވެ.
ޝެއިޚް ހުސައިން ރަޝީދު އަހްމަދު ތަރުޖަމާ ކުރައްވާފައިވާ މި ފޮތް މިއަދު ނެރެދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. މި ފޮތް ނެރުމަށް ބޭއްވި ރަސްމިއްޔާތު އޮތީ އެމްޑީޕީގެ އޮފީހުގައެވެ.
މި ފޮތުގެ މީގެ ކުރީގެ އަދަދުތައް ވެސް ނެރެދެއްވާފައިވަނީ ނަޝީދެވެ.
ޢިލްމުވެރިން ދެކިލައްވާގޮތުގައި ޞަޙީޙް މުސްލިމް ޝަރަޙައަކީ ކީރިތި ރަސޫލާގެ ޙަދީޡް އަދި ސުންނަތުގެ މައްޗަށް ބިނާކޮށް ލިޔެވި ޝާޢިއު ކުރެވިފައިވާ އެންމެ މުހިއްމު އެއް ފޮތެވެ. މިފޮތުގައި ޖުމްލަ 2200 ޙަދީޡް ރިވާވެގެންވާކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ.
ސަހީހް މުސްލިމްގެ ތަރުޖަމާގެ އެކި އަދަދުތައް ޝައިހް ހުސެއިން ރަޝީދު ގެންދަވަނީ 2012 ވަނަ އަހަރުން ފެށިގެން ނެރުއްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ