ރައްޔިތުން ވަނީ ހާލުގައި ޖެހިފައި: އާދަމް ޝަރީފް

ދިވެހި ރައްޔިތުން ވަނީ ތަދުމަޑުކަމާއި އެކު ހާލުގައި ޖެހިފައިކަމަށް ރ.މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެއެވެ.ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން ކުރިމަތީ ސިފައިން ހަތިޔާރާއި އެކު ފޯރިމަރަން ފެށުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައި އާދަމް ޝަރީފް ވިދާޅުވީ ބޭރުގެ ސަފާރާތައް ކައިރީގައި ހަތިޔާރާއި އެކު ސިފައިން ހަރަކާތްތެރިވާން ފެށުމުން ދޭހަވަނީ ރާއްޖޭގެ ހާލަތު ގޯސްވެފައިވާ މިންވަރު ކަމަށެވެ. އަދި ޤައުމުގެ ހާލަތު މިހާހިސާބަށް ދިޔައީ ސަރުކާރު ބަލިކަށިވުމުން ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.އިންޑިއާ ހައިކޮމިޝަން ކުރިމަތީ ހަތިޔާރާއި އެކު ފޯރިމަރަން ފަށާފައިވަނީ މިއަދުގެ ވަގުތެއްގައެވެ. އެކަމާއި ގުޅޭގޮތުން އެމްއެންޑީއެފް އާއި ސުވާލު ކުރުމުން އެމްއެންޑީއެފް އިން އެއްވެސް ޖަވާބެއް ދީފައިނުވެއެވެ. ރާއްޖޭގައި ހުންނަ އެހެން އެއްވެސް ބޭރު ޤައުމެއްގެ އެމްބަސީ ކުރިމަތީ މިގޮތަށް ހަތިޔާރާއި އެކު ސިފައިން ހަރަކާތްތެރި ނުވާކަން ފާހަގަކޮށްލެވެއެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ