ބަންގާޅީންގެ ތަޅާފޮޅުންތައް މައިތިރިކޮށްދީ: ރީކޯ މޫސަ

ބަންގްލަދޭޝް ރައްޔިތުންގެ ހަމަނުޖެހުމާ ހުރެ ފަތުރުވެރިން އަންނަން ދެކޮޅު ހަދާ ދަރަޖައަށް މިކަންކަން ދިޔަ ނުދީ ހުއްޓުވައި ދިނުމަށް ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު މިއަދު ވިދާޅުވެއްޖެއެވެ.
ރީކޯ މޫސަ އެގޮތަށް ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ބިދޭސީ މަސައްކަތްތެރިންނަށް މުސާރަ ނުދީ ގެންގުޅެމުންދާ މައްސަލަ ބޮޑުވެފައި ވަނިކޮށެވެ. މުސާރަތައް ނުލިބޭ މައްސަލައިގައި ބައެއް މުވައްޒަފުން ދަނީ މަސައްކަތް ހުއްޓާލައި މުޒާހަރާ ކުރަމުންނެވެ.
ރީކޯ މޫސަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 47 އަހަރަށް ފަހު ފަތުރުވެރިކަަން މުޅިން ހުއްޓި މިގައުމު ދަތި ހާލުގައި އެވެ، އަލުން ދުނިޔެއަށް ގައުމު ހުޅުވާލާއިރު "ބަންގާޅީންގެ" ތަޅާފޮޅުމާއި ހަމަނުޖެހުމާއި ހުރެ ފަތުރުވެރިން ރާއްޖެ އައުމަށް ދެކޮޅު ހަދާވަރަށް މިކަން ދިޔަ ނުދީ ހުއްޓުވުމުން ފުލުހުންނަށް ގޮވާލައްވާ ކަމަށެވެ.
ބިދޭސީންގެ ހަމަނުޖެހުމެއް މި ދޭތެރެއިން ހިންގާފައި ވަނީ ބ. ތުޅާދޫ ކައިރީގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ބޮޑު ފިނޮޅުގައެވެ. ބޮޑު ފިނޮޅުގައި ހިންގި ހަމަނުޖެހުމުގައި 200 އެއްހާ ބިދޭސީން ނިކުމެ ދިވެހިންތަކެއް ރަހީނު ކުރުމުގެ އިތުރުން، އެތަނުގެ ތަކެއްޗަށް ގެއްލުންދީ، ފުލުހުންނަށް ވެސް ގެއްލުންތަކެއް ދީފައިވެއެވެ.
އެކަމަކު، މާލެ އިން ގިނަ އަދަދެއްގެ ފުލުހުން ރަށަށް ދިއުމާ އެކު، ހަމަނުޖެހުންތައް ހުއްޓާލައި ބިދޭސީން ވަނީ ސުލްހަވާން ނިންމައިފައެވެ. އަދި ހަމަނުޖެހުންތައް ހިންގި ކަމުގެ ތުހުމަތުގައި 19 ބިދޭސީއަކު ހައްޔަރުކޮށް ބަންދަށް 15 ދުވަސް ވަނީ ޖަހައިފައެވެ.
ބޮޑުފިނޮޅުގައި ހަމަނުޖެހުންތަކެއް ހިނގާފައި ވަނިކޮށް، ހުޅުމާލޭގައި އިމާރާތެއް ކުރާ ބަޔަކު މުސާރަ ނުލިބިގެން ހަމަނުޖެހުން ހިންގާފައިވެއެވެ. އަދި ފުލުހުންނާއި ބިދޭސީންނާ ދެމެދުގައި ކުރިމަތިލުންތަކެއް ހިނގިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ