ހިތަދޫއާއި ގަމުގައި އުރީދޫ ޑިޖިޓަލް ސެންޓަރެއް ހުޅުވައިފި

ސ. ހިތަދޫއާއި ލ. ގަމުގައި އުރީދޫއިން ޑިޖިޓަލް ސެންޓަރުތަކެއް ހުޅުވައިފި އެވެ.
އުރީދޫގެ ޑިޖިޓަލް ސެންޓަރުތަކަކީ ސެލްފް ސާވިސް ކިއޮސްކުތައް މެދުވެރިކޮށް ކޮންމެ ވަގުތެއްގައިވެސް ރިޗާޖު ކުރުމާއި ބިލު ދެއްކުމަށް ބޭނުންކުރެވޭގޮތަށް ތައްޔާރުކޮށްފައިވާ ސެންޓަރުތަކެކެވެ.
ހިތަދޫގައި ހުޅުވި ސެންޓަރު ހުންނަނީ އެރަށުގެ އުރީދޫ އެކްސްޕީރިއެންސް ސެންޓަރު ކައިރީގައެވެ. އަދި ގަމުގައި ހުޅުވި ސެންޓަރު ހުންނަނީ އެރަށުގެ ރީޖަނަލް ހޮސްޕިޓަލް ކުރިމަތީގައެވެ. މި ދެ ސެންޓަރުންވެސް 24 ގަޑިއިރު އުރީދޫ ކަސްޓަމަރުންނަށް ހިދުމަތް ލިބޭނެއެވެ.
އެކުންފުނިން ބުނީ ހިދުމަތް ލިބިގަތުމުގައި މިދުވަސްވަރު ގައިދުރުކަން ބެހެއްޓުމަށް އެދޭކަމަށެވެ.
މީގެ ކުރިން އުރީދޫއިން ވަނީ ކުޅުދުއްފުއްޓާއި، ފުވައްމުލަކުގެ އިތުރުން ގދ. ތިނަދޫގައިވެސް ޑިޖިޓަލް ސެންޓަރުތަކެއް ހުޅުވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ