މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތުގައި މިހާރުވެސް ދައުވާކުރެވޭނެ: ނަޝީދު

މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލައި ތަހުގީގުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އުފެއްދެވި ރިޔާސީ ކޮމިޝަނުން ނިންމާފައިވާ ތަހުގީގުތަކުގެ މައްޗަށް ބިނާކޮށް މިވަގުތުން ވަގުތަށް ދައުވާކުރަންޖެހޭ މީހުންގެ މައްޗަށް ދައުވާނުކުރެވޭންވީ ސަބަބެއް ނެތް ކަމުގައި ރައްޔިތުން މަޖިލިހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. މިފަދައިން ރައީސް ނަޝީދު ވިދާޅުވީ މިއަދު އޮތް މަޖިލިހުގެ ޖަލްސާގައި ޖޭއެސްސީން މަޖިލިހަށް ފޮނުވާފައިވާ ސިޓީއެއް މަޖިލިހަށް އިއްވެވުމަށްފަހު ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ހެކި ބަސްދިނުމަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީން ރައްޔިތުންގެ މައްޗަށް ލާޒިމުކުރާ ވާޖިބެކެވެ. އަދި ޝަރީޢަތަށް ހާޒިރުވާން އެންގުމުން ހާޒިރުވެ ތެދުބަހުން ވާހަކަދެއްކުމަކީ ވާޖިބެއް ކަމުގައި ނަޝީދު ވިދާޅުވިއެވެ. "ފާހަގަވާ ނުކުތާތަކަކީ ހެކިބަސް ދިނުމަކީ ޤާނޫނު އަސާސީގައި ރައްޔިތުންގެ ވާޖިބެކޭ. އެއީ ރައްޔިތުން ކުރާންޖެހޭ ކަމެކޭ، ޤާނޫނު އަސާސީގައި ރައްޔިތުންނަށް ހައްގުތަކަކާއެކު ވާޖިބުތަކެއްވެސް ހަވާލުކޮށްފައިވޭ." ރައީސް ނަޝީދު ވިދާޅުވިއެވެ.އަދި ހެކިންގެ ހެކިބަސް ނުލިބުމުގެ ސަބަބުން ވަރަށް ގިނަ މައްސަލަތައް ކުރިއަށް ނުގެންދެވި ހުރިކަމަށާއި، މަރުތަކާ ގުޅިގެން 4 ސިއްރު ހެކިން ކޮމިޝަނަށް ކަންކަން ސާފުކޮށްދެއްވާފައި ކަމުގައި ނަޝީދު ވިދާޅުވިއެވެ. އެބަޔާނުގައި ތުހުމަތުކުރާ ފަރާތްތައް ބޭރުގައި ތިއްބައި، ހެކިބަސް ދިނުމަށް ސިއްރުންވިޔަސް ފާޅުގައިވިޔަސް ބައެއް ފަރާތްތަކުން ޖެހިލުންވާ ކަމުގައި ނަޝީދު ވިދާޅުވިއެވެ. އަދި އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތުގައި ގެއްލުވާލާފައިވާ މީހުންނާއި މަރުތަކުގެ މައްސަލަތަކުގައި ދައުވާނުކުރެވޭންވީ ސަބަބެއް ދެނެގަތުމަށް ދަތިވެފައިވާ ކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ