އެމެރިކާއާއި ޔުނިސެފުން 750،000 ޑޮލަރުގެ އެހީއެއް ރާއްޖެއަށް ދީފި

އެމެރިކާއާއި ޔުނިސެފުން ދިވެހި ސަރުކާރަށް 750،000 އެމެރިކާ ޑޮލަރުގެ އެހީއެއް މިއަދު ދީފިއެވެ. މިއެހީގެ ބޭނުމަކީ ޢާންމުން އެއްވެ އުޅޭ ތަންތަނާއި ސުކޫލުތައް ހުޅުވުމަށް އެތަންތަނަކީ ރައްކައުތެރި ތަންތަން ކަމުގައި ހެދުމެވެ. ކޮވިޑް-19 ފެތުރޭ މިންވަރު އިތުރުވުމާ ގުޅިގެން މާލެ ސަރަހައްދުގެ ސުކޫލުތައް އިއްޔެއިން ފެށިގެން ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދިނުން ކުރިއަށް ގެންދަން އެޑިއުކޭޝަން މިނިސްޓްރީންވަނީ ނިންމާފައެވެ. އަދި އާންމުން އެއްވެ އުޅޭ ތަންތަން ހުޅުވި ނަމަވެސް އެތަންތަނަށް ބޭނުންވާ ރައްކާތެރިވުމަށް ބޭނުންވާ ވަސީލަތްތައް އެކަށީގެންވާ މިންވަރަށް ފޯރުކޮށްދެވި ޤާއިމުކުރެވިފައި ނެތެވެ. އެމެރިކާއާއި ޔުނިސެފު ގުޅިގެން ފޯރުކޮށްދީފައިވާ 750،000 އެމެރިކާ ޑޮލަރު ނުވަތަ 11.5 މިލިއަން ރުފިޔާއަކީ މިތަންތަނުގައި ރައްކާތެރިކަމަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކުރުމަށް ދީފައިވާ އެހީއެކެވެ. އެމެރިކާއިން ރާއްޖެ ކަނޑައަޅުއްވާފައިވާ ސަފީރު ޓެޕްލީޒް ވިދާޅުވެފައިވަނީ ކޮވިޑް-19ގެ ސަބަބުން ނޭދެވޭ އަސަރުކޮށްފައިވާ ވަރަށް ގިނަ ޤައުމުތަކަށް އެމެރިކާއިން އެހީވަމުން އަންނަ ކަމުގައެވެ.ރާއްޖެއަށް އެމެރިކާއިން ދިން އެހީތެރިކަމަށް ޔުނެސްކޯއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޑރ.މުނީރު ސަފީލްދިން ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ސުކޫލުތައް ހުޅުވައި ފުރަބަންދު ލުއިކުރުމަށް މަސައްކަތްކުރާ މިދަނޑިވަޅުގައި މިއެހީ ލިބުމަކީ ރަނގަޅު ވަގުތެއްގައި އެހީ ލިބުން ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ. މިއެހީއަކީ ޔުނައިޓެޑް ސްޓޭޓްސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓުން ދިން ހިލޭ އެހީއެކެވެ. މިއެހީ އަކީ އިޖުތިމާޢީ ގުޅުންތަކާއި ސުކޫލު ހުޅުވާއިރު ދަރިވަރުންނާއި ބެލެނިވެރިންނާއި މުދައްރިސުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ މަޤުޞަދުތައި ދީފައިވާ އެހީއެކެވެ. މިއެހީގެ ދަށުން ސާފުތާހިރުވާން ބޭނުންވާ ސާމާނުގެ އިތުރަށް ސާފު ފެން ފޯރުކޮށްދޭނެއެވެ. އެކަން ކުރާނީ ޔުނިސެފާއި ސަރުކާރު ގުޅިގެންނެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ