ޑިޕޮޒިޓު ހޯދަން ހައިކޯޓްގެ މައްޗަށް ދަށުކޯޓުގައި ދައުވާ ކުރުން: ފައިސާ ލިބެންޖެހޭ ފަރާތަށް 1992 ގައި ވާނީ ފައިސާ ރައްދުކޮށްދީފައި: ހައިކޯޓް

ރާއްޖޭން ބޭރުގައި ހުރި މީހަކު ހާޒިރު ކުރުމަށް ހައިކޯޓުގައި މީހަކު ޑިޕޮޒިޓްގެ ގޮތު ބެހެއްޓި 950 ޑޮލަރު ހޯދަން އެ މީހާ ހައިކޯޓްގެ މައްޗަށް ސިވިލް ކޯޓުގައި ކުރި ދައުވާއާ ގުޅިގެން، ހައިކޯޓުން ރައްދުދީ، 1992ގައި، އެ ފައިސާ ލިބެންޖެހޭ ސ. ހިތަދޫ ދިލްކަޝް ވިލާ އަހުމަދު އިބުރާހީމާ ހަވާލުކޮށްފައިވާ ކަމަށް ބުނެފި އެވެ.
ހައިކޯޓްގައި ބެހެއްޓި ޑިޕޮޒިޓް މައްސަލައާ ގުޅިހެން އެ ކޯޓުގެ މައްޗަށް ދަށު ކޯޓުގައި ދައުވާ ކުރީ މ. ސުތުލިގޭ މުހައްމަދު އިބުރާހިމް ދީދީ އެވެ.
މި މައްސަލައާ ގުޅިގެން ހައިކޯޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނަނީ ހައިކޯޓުގައި އިސްތިއުނާފުކުރި މައްސަލައަކާ ގުޅިގެން ހުޅުދޫ ދިލްކަޝް ވިލާ، އަހުމަދު އިބްރާހިމް ރާއްޖޭން ބޭރުގައި ވަނިކޮށް ރާއްޖެ ގެނައުމަށް މ. ސުތުލި، މުހައްމަދު އިބުރާހިމް 950 ޑޮލަރު ބެހެއްޓި ކަމަށެވެ. އެ މައްސަލައިގައި ދައުވާ ލިބުނު އަހުމަދު އިބުރާހިމް ދީދީއާ 1992ވަނަ އަހަރުގެ ޖޫން މަހުގެ 22 ވަނަ ދުވަހު އެ ފައިސާ ހައިކޯޓުން ހަވާލުކޮށްފައިވާނެ ކަމަށެވެ. އަދި ބުނަނީ އެ ފައިސާ ހަވާލު ކުރީ ޝަރީއަތް ކުރުމާބެހޭ ގަވައިދު ހައެއްގެ 29 ވަނަ މާއްދާގެ ދޭއްގައިވާ ގޮތަށް ކަމަށެވެ. އެ ފައިސާ ހަވާލު ކުރިކަން އަންގައިދޭ ފޮޓޯއެއް ވެސް ހައިކޯޓުން ވަނީ އާންމުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ