ކެއާ ރޭޓިންގްސް މޯލްޑިވްސްގެ ކޮންސަލްޓަންޓަކަށް ކުރީގެ ފިނޭންސް މިނިސްޓަރު ހަމަޖައްސަވައިފި

ކެއާ ރޭޓިން މޯލްޑިވްސްގެ ކޮންސަލްޓަންޓަކަށް ކުރީގެ ފިނޭންސް މިނިސްޓަރު އަލީ ހާޝިމް ހަމަޖައްސައިފި އެވެ.
ރާއްޖޭގައި ކްރެޑިޓް ރޭޓިންގެ ހިދުމަތް ދޭ ހަމައެކަނި ކުންފުނިން ބުނީ އިކޮނޮމިކްސް އިން ބެޗްލާސް ހައްދަވައި އަދި ބިޒްނަސް އެޑްމިނިސްޓްރޭޝަން އިން މާސްޓާސް ހައްދަވާފައި ހުންނެވި އަލީ ހާޝިމަކީ ރާއްޖޭގެ އިގްތިސާދާ ބެހޭ މައުލޫމާތު ފުރިހަމަ އަށް އެނގިވަޑައިގަންނަވާ ވަރަށް ގާބިލު ބޭފުޅެއް ކަމަށެވެ. އަދި ރާއްޖޭގެ ކުންފުނިތައް ކްރެޑިޓް ރޭޓް ކުރުމުގައި އަލީ ހާޝިމްގެ ތަޖުރިބާ އާއި އެހީތެރިކަން ކުރިއަށް އޮތްތަނުގައި ލިބޭނެ ކަމަށް ވެސް އެތަނުން ބުނެ އެވެ.
ޔޫއެންޑީޕީން ހިންގި ތަފާތު ޕްރޮޖެކްޓްތަކުގައި އެކި ގޮތްގޮތުން އަލީ ހާޝިމް ވަނީ ސަރުކާރުގެ ތަފާތު އިދާރާތަކަށް މަސައްކަތް ކޮށްދެއްވައިފަ އެވެ. އޭނާ އަކީ މިހާރު އައްޑޫ އިންޓަނެޝަނަލް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އޭއައިއޭ) ގެ ޗެއާމަނެވެ. އަދި އޭނާ އަކީ ލިންޓަލް އިންވެސްޓުމަންޓް އެންޑް މެނޭޖުމަންޓު ސާވިސަސް އާއި ނިއުޓްރޯނިކްސްގެ ޑިރެކްޓަރެކެވެ.
ކްރެޑިޓް ރޭޓިން އަކީ ދަރަނީގެ ގޮތުގައި ނަގާ ފައިސާ އަނބުރާ ދެއްކުމުގެ ގާބިލުކަން އެ މީހެއްގެ ނުވަތަ އެ ކުންފުންޏެއްގެ ހުރި މިންވަރު އަންގައިދިނުމަށް ގިންތިކުރުމެވެ.
ކެއާ ރޭޓިންގްސް މޯލްޑިވްސް އަކީ އިންޑިޔާގައި ކްރެޑިޓް ރޭޓިންގެ ހިދުމަތް ފުޅާ ދާއިރާއެއްގައި ދެމުން އަންނަ ކުންފުންޏެއް ކަމަށްވާ ކްރެޑިޓް އެނަލިސިސް އެންޑް ރިސާޗް ލިމިޓެޑް (ކެއާ ރޭޓިންގްސް) ގެ ގޮތްޕެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ