ޕާޓީތަކަށް ދަޢުލަތުން ފައިސާ ދޭ އުސޫލުތަކަށް ބަދަލުގެނެސް، ސިޔާސީ ޕާޓީގެ ގަވާއިދު އެކުލަވާލައިފި

10:00އިޞްލާޙުކޮށްފައިވާ ގަވާއިދު ބައްލަވައިދެއްވައި ފާސްކޮށްދެއްވުމަށް އެދިއިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ފޮނުވާފައި މިވަނީ ސިޔާސީ ޕާޓީތަކާބެހޭ ބިލެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ދަނޑިވަޅެއްގަ އެވެ. ފަންސާސް މާއްދާ ހިމެނޭ އެ ބިކުގައި އެ ބިލުގައި ސިޔާސީ ޕާޓީއަކުން ކޮށްގެން ނުވާނެ ތޭރަ ކަމެއް ވަނީ ބަޔާންކޮށްފައިވެ އެވެ. އޭގެ ތެރޭގައި ހަތިޔާރު ގެންގުޅުމާއި، އެފަދަ ޖަމާއަތްތަކާ ގުޅުން ހިންގުމާއި، ސިއްރު ޖާސޫސީ ހަރަކާތްތައް ހިންގުމާއި ރާއްޖެއިން ބޭރުގައި ޕާޓީގެ އޮފީސް ގާއިމް ކުރުމާއި ހިންގުން ހިމެނެ އެވެ. މީގެ އިތުރުން އިސްލާމް ދީނާއި ގާނޫނުއަސާސީ އާއި، ގާނޫނުތަކާ ހިލާފް އަމަލުތަކާއި، ބާރުގެ ބޭނުންކޮށްގެން ނުވަތަ ބިރު ދައްކައިގެން ކަންތައްކުރުމާއި ހަމަނުޖެހުން އުފެއްދުމާއި، އެފަދަކަންކަމަށް ވާގިވެރިވުމާއި، ފިތުނަވެރިކަމާއި، ބިރުވެރިކަން އުފައްދައިގެން މުޖުތަމައު ބައިބައިކުރުން ވެސް ހިމެނެ އެވެ. އަދި ފަނޑިޔާރުންނާއި ކޮމިޝަންތަކުގެ މެންބަރުންނާއި، މުސްތަގިއްލު މަގާމުތަކުގެ މީހުންނާއި ޓްރައިބިއުނަލްތަކުގެ މެންބަރުންނާއި ސިފައިންނާއި ފުލުހުންނާއި، ސާނަވީ މަރުހަލާގެ ދަރިވަރުންނަށް ސިޔާސީ ޕާޓީތަކުގައި ބައިވެރި ނުވެވޭނެ ކަމަށް ވެސް މި ބިލުގައި ވަނީ ހިމަނައިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ