މިހާރު ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއަކީ އެމްޑީޕީ: އިލެކްޝަންސް

14:30މިހާރު ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއަކީ އެމްޑީޕީ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މިއަދު ވިދާޅުވީ ބުރާސްފަތި ދުވަހު ޗެކްކުރި ޕާޓީ ތަކުގެ ތަފާސް ހިސާބު ތަކުން ދައްކާ ގޮތުގައި ކުރިން އެންމެ ބޮޑު ސިޔާއީ ޕާޓީއެއްގެ ގޮތުގައި އޮތް ޑީއާރުޕީ އަށް ވުރެ ކުޑަ ތަފާތަކުން އެމްޑީޕީގައި ތިބި މެމްބަރުންގެ އަދަދު އިތުރުވެފައިވާ ކަމަށެވެ. އެގޮތުން މިހާރު އެމްޑީޕީގައި ތިބި މެމްބަރުންގެ ޖުމްލަ އަދަދަކީ އެއްތިރީސް ހާސް އެއް ސަތޭކަ ހަތްދިހަ އެކެކެވެ. އަދި ޑީއާރުޕީގެ މެމްބަރުންގެ އަދަދަކީ ތިރީސް ހާސް ހަތް ސަތޭކަ ހަތްދިހަ ފަހެކެވެ.އެމްޑީޕީގެ ޗެއާރޕާސަން މާރިއާ އަހުމަދު ދީދީ ވިދާޅުވީ ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއަށް އެމްޑީޕީ ވެފައި ވަނީ އެމްޑީޕީގެ މެމްބަރުންގެ ބުރަ މަސައްކަތުން ކަމަށެވެ.ކުރިން އެންމެ ބޮޑު ސިޔާސީ ޕާޓީ އެއްގެ ގޮތުގައި އޮތް ޑީއާރުޕީ ފަހަތަށް ޖައްސާލުމަށް ފަހު އެމްޑީޕީ ކުރި ހޯދާފައި މިވަނީ އޮކްޓޯބަރު މަހު ފެށި އެޕާޓީގެ މެމްބަރޝިޕް ޑްރައިވްގެ ސަބަބުންނެވެ. އެގޮތުން މެމްބަރޝިޕް ޑްރައިވްގައި އެކަނިވެސް ދިހަ ހާހެއްހާ މެމްބަރުން ގުޅިފައިވާ ކަމަށް އެޕާޓީން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ