ވަން ޕްލަސް 8 ޕްރޯގެ އެކްސްރޭ ފިލްޓަރު އުނިކުރަން ނިންމައިފި

ވަން ޕްލަސް 8 ޕްރޯގެ އެކްސްރޭ ފިލްޓަރު އުނިކުރަން ނިންމައިފިއެވެ.
ވަން ޕްލަސްގެ އެންމެ ފަހުގެ ފޯން ވަން ޕްލަސް 8 ޕްރޯ ލޯންޗު ކުރުމާއެކު އެފޯނުގެ ކެމެރާގައިވާ އެކްސްރޭ ފިލްޓަރު ފީޗާގެ ސަބަބުން ކަސްޓަމަރުން ބޮޑެތި ކަންބޮޑުވުންތަކެއް ކުރިމަތިވާން ފެށިއެވެ.
ގިނަބަޔަކު ރިޕޯޓުކޮށްފައިވަނީ ވަން ޕްލަސް 8 ޕްރޯގެ ކެމެރާގައި ހިމެނޭ ފޮޓޯކްރޯމް ފިލްޓަރުގެ ސަބަބުން އެއްޗެހީގެ އެތެރެ ފެންނަން ފެށުމުންނެވެ. 8 ޕްރޯގެ ކެމެރާއިން އެކްސްރޭކޮށް އެތެރެ ފެނެއެވެ.
ވަން ޕްލަސް އިން ވަނީ މިއީ އާޓެކްނޮލޮޖީއެއް ނޫންކަމާއި ސީދާ އެކްސްރޭ ފިލްޓާ ނޫންކަމަށް ބުނެފައެވެ އަދި މިއީ ބަޔަކު ބަދަލު ގެނެސްގެން ކުރާކަމެއްގެ ގޮތުގައި ތުހުމަތު ކޮށްފައެވެ.
ވަން ޕްލަސް އިން ބުނެފައިވަނީ 8 ޕްރޯގެ ކެމެރާގެ ސެންސަރުގައި އިންފްރާ ރެޑް ލައިޓް ކެޕްޗާ ކުރުމުގެ ގާބިލުކަން ލިބިފައިވާ ކަމަށެވެ. އަދި ކެމެރާއިން ނަގާ ފޮޓޯ ފެންނާނީ ތަފާތު ކޮށް ކަމަށެވެ. 8 ޕްރޯގެ ކެމެރާގެ އެކްސްރޭ ފިލްޓާ އިން ގަހެއްގެ ފޮޓޯ ނަގައިފިނަމަ އެގަސް ކެމެރާއިން ފެންނާނީ ހުދު ކުލައިންނެވެ.
ވަން ޕްލަސް 8 ޕްރޯގެ އެކްސްރޭ ފިލްޓާ އަކީ ފޯނު އުފެއްދުމުގައި ބޭނުން ކުރި ޓެކްނޮލޮޖީގެ އެކްސިޑެންޓަލް ސައިޓް އިފެކްޓެކެވެ. އެއްޗެހީގެ އެތެރެ ފެންނަނީ އިންފްރާގެ ސަބަބުންނެވެ. އަދި ބައެއް ފަހަރު ލައިގެން ހުންނަ ހެދުމުގެ އެތެރެވެސް ފެންނަކަމަށް ރިޕޯޓުތައް ލިބިފައި ވެއެވެ.
ވަން ޕްލަސް އިން ވަނީ 8 ޕްރޯގެ ކެމެރާގެ މައްސަލައާމެދު މައާފަށް އެދިފައެވެ. އަދި ކެމެރާއިން އެފީޗާ ޑިސޭބަލްކޮށް މުސްތަގުބަލުގައި އިތުރު އެހެން ފީޗާއެއް ފޯނުތަކަށް އަޕްޑޭޓް ކުރާނެކަމަށް ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ