އާންމު އުސޫލުން ރަމަޟާންމަހުގެ އިތުރުގަޑީގެ ފައިސާ ދޭން ނިންމައިފި

ސަރުކާރުގެ މުވައްޒަފުންނަށް މީގެ ކުރިންވެސް ރަމަޟާންމަހުގެ އިތުރުގަޑީގެ ފައިސާ ދެމުން އައިގޮތަށް، އިތުރު ގަޑީގެ ފައިސާ ދޭން ނިންމައިފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ސަރކިއުލާގައި ބުނެފައިވަނީ،ރަމަޟާން މަހަކީ ޚާއްސަ މަސައްކަތު ގަޑިތަކެއް ކަނޑައެޅިފައިވާ މަހަކަށް ވާތީ، ހަވާލާދީފައިވާ ސަރކިއުލަރގެ 6 ވަނަ ނުކުތާއަށް އަމަލުކުރާނީ ރަމަޟާން މަހާއި ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހަށް ފަހުގައި، 8 ޝައްވާލް 1441 އިން ފެށިގެން ކަމަށެވެ.
ޝައްވާލު މަހުގެ 8 ވަނަ ދުވަހުން ފެށިގެން އިތުރުގަޑީގެ ފައިސާ ލިބޭނީ ވަޒީފާއައި ބެހޭ ޤާނޫނުގެ 32 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ހަފްތާއަކު 48 ގަޑިއިރުގެ އިތުރަށް މަސައްކަތްކުރާ މުވައްޒިފުންނަށް އެކަނިކަމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ