ޖަލަށް ގެންދިޔަ ގައިދީއެއް އަރައިގެން ހުރި ފައިވާނުގައި ފޯނެއް ފޮރުވާފައި

މާލެ ޖަލަށް ވައްދަން ގެންދިޔަ ގައިދީއެއް އަރައިގެން ހުރި ފައިވާނެއްގެ ތެރޭގައި ފޮރުވާފައި އޮތް ފޯނެއް ފެނިއްޖެއެވެ،
ކަރެކްޝަންސް އިން ބުނީ، މިއަދު މާލޭ ޖަލުން ކޯޓަށް ހާޒިރުކުރި ޤައިދީއަކު އަނބުރާ ޖަލަށް ގެންގޮސް، ޗެކް ކުރިއިރު އޭނާ އަރައިގެން ހުރި ފައިވާނުން ވަނީ ފޯނެއް ފެނިފައިވާކަމަށެވެ.
އެ ފޯން ފެނިފައި ވަނީ އޭނާގެ ފައިވާން ތިރިއަށް ލުމަށްފަހު އޭގެ މަތީގައި އެއްޗެއް އަޅާފައި ހުއްޓާއެވެ.
ޖަލަށް ޑްރަގް ވެއްދުމާއި ފޯން ފަދަ އެއްޗެހި ވެއްދުމަކީ އާއްމު ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ