އައްޑޫގައި 5000 ޓޫރިސްޓް އެނދު ތަރައްގީ ކުރާނަން: ރައީސް ނަޝީދު

އައްޑޫ ސިޓީގައި 5000 ޓޫރިސްޓް އެނދު ތަރައްގީކޮށް، އެ ސިނާއަތް ކުރިއަރުވާނެ ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ހުޅުދޫ ދާއިރާއަށް އެމްޑީޕީ ޕްރައިމަރީގައި ވާދަ ކުރައްވާ ކުރީގެ މެމްބަރު އިލިޔާސް ލަބީބުގެ ކެމްޕޭން ފައްޓަވައިދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އައްޑޫގައި 5000 ގެސްޓް އެނދު ތަރައްގީ ކުރެވޭނީ ހަމައެކަނި ރިސޯޓްތަކުގައި ނޫން ކަމަށާއި، ގެސްޓް ހައުސްތަކާއެކު ކަމަށެވެ. އަދި އެ އެނދުތަކާއެކު އެހެން ވިޔަފާރިތައްވެސް ފުޅާވެގެން އަންނާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"މިއަދު ގެސްޓް ހައުސް ވިޔަފާރިން ކަށަވަރުކޮށްދިނީ ޓޫރިޒަމްގެ ވިޔަފާރި ހިންގުމަށް ފަޅު ރަށެއް ބޭނުންނުވާ ކަން. އަޅުގަނޑުމެން ދިރިއުޅޭ ކޮންމެ ރަށެއްގައި ވެސް އެކުލެވިގެންވަނީ ހަމަ އެ ވަސީލަތްތައް ހަމަ އެގޮނޑިތައް ހަމަ އެމޫދު، ހަމައެވައި. ހަމަ އެރުށްގަސް. ޓުއަރިސްޓު މީހާ ރާއްޖެ އަންނަނީ އިތުރު އެހެންކަމެއް ދެކޭކަށް ނޫން. މިހިއްގައިމު ނަލަނަލަ މާހައުލުގައި އުޅެލުމަށް." ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އައްޑޫ ސިޓީގައި ދަނޑުވެރިކަން ކުރިއަރާފައިވާ މިންވަރަށް އެހެން އަތޮޅެއްގައި ދަނޑުވެރިކަން ތަރައްގީވެފައި ނުވާ ކަމަށާއި، ކުރިން އުފެއްދި ދަނޑުވެރިކަމުގެ ކޯޕަރޭޝަން ތަކުން މިހާރު ކާމިޔާބީ ފެންނަމުންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ