އައްޑޫގައި ކޮވިޑް ސަވައިލަންސް ސާމްޕަލް ނަގަން ފަަށައިފި

ކޮވިޑް-19 ގެ ސަވައިލަންސް ސާމްޕަލް ނެގުމުގެ މަސައްކަތް އައްޑޫގައި މިއަދު ފަށައިފި އެވެ.
އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ބުނީ، އައްޑޫގެ އެކި ސަރަހައްދުތަކުން 200 އަށް ވުރެ ގިނަ ސާމްޕަލް މިއަދާއި މާދަމާ ނަގާނެ ކަމަށެވެ.
ކޮވިޑް-19 އަށް ޕޮޒިިޓިވް ބަޔަކު އައްޑޫން ފެނުނަސް މާލެ ފިޔަައި ރާއްޖޭގެ އެންމެ އާބާދީ ބޮޑު ސިޓީގައި ކޮމިއުނިޓީ ސްޕެރެޑެއް އޮތްކަން މިހާތަނަށް ފާހަގަކުރެވިފައެއް ނުވެ އެވެ.
Please be informed that Covid surveillance samples are scheduled to be taken from different areas in Addu City on 26th and 27th September #wearmask #stayhome #staysafe pic.twitter.com/aQU6gqXIs8— Addu Equatorial Hospital (@aeh_mv) September 24, 2020
މިހާތަނަށް އައްޑޫން ކޮވިޑަށް ޕޮޒިޓިވްވީ މާލޭން އައްޑު އަށް ގޮސް ހޯމް ކަރަންޓީނުގައި ތިބި މީހުންނެވެ. ދެން އެ ބައްޔަށް ޕޮޮޒިޓިވްވީ އެފަދަ މީސްމީހުންނާ ޑައިރެކްޓް ކޮންޓެކްޓްވި މީހުންނެވެ.
އައްޑޫގައި ކޮވިޑުގެ ސަވައިލަންސް ސާމްޕަލް ނަގާ އިރު، އޭއީއެޗްގައި އެ ބައްޔަށް އަށް ޓެސްޓުކުރަން ފެށި ފަހުން މިހާތަނަށް 1،200 އަށް ވުރެ ގިނަ ސާމްޕަލް ނަގާފައިވެ އެވެ. އެއީ ހޯމް ކަރަންޓީނުގައި ތިބޭ މީހުންގެ ސާމްޕަލްތަކެވެ.
ރާއްޖޭން ކޮވިޑް-19 ޕޮޒިޓިވް މީހުންގެ އަދަދު މިހާރު އުޅެނީ 10،000 އިން މަތީގަ އެވެ. އެޗުޕީއޭ އިން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބިތަކަށް ބަލާ އިރު ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ޖުމުލަ އަކީ މިހާރު 10،014 އެވެ.
އެޗުޕީއޭ އިން ބުނިގޮތުގައި ކޮވިޑްގެ ކޮޮމިއުނިޓީ ސްޕްރެޑެއް އޮތީ ވެރިރަށް މާލޭގައި އެކަނި ކަމަށް ވިޔަސް އެ ބަލީގެ ކޭސްތައް ރާއްޖޭގެ 26 ރަށަކާއި 15 ރިސޯޓަކުން މިހާތަނަށް ފެނިފައިވެ އެވެ. ރާއްޖޭން މިހާތަނަށް ކޮވޮޑްގައި މަރުވެފައި ވަނީ 34 މީހެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ