މުޒާހަރާކުރި ބިދޭސީން ފުލުހުންނަށް ހަމަލާދޭ ބިރުވެރި ވީޑިއޯއެއް!

އައިލެންޑް އެކްސްޕާޓުގެ ބިދޭސީ މުވައްޒަފުން މުޒާހަރާ އަށް ނުކުމެ ފުލުހުންނަށް ހަމަލަދީފިއެވެ.
ފުލުހުން ބުނީ އައިލެންޑް އެކްސްޕާޓް ޕްރައިވެޓް ލިމިޓެޑްގެ ބިދޭސީން މުއައްޒަފުންތަކެއް މުސާރަ ނުލިބޭތީ އެކަމާ ހިތްހަމަނުޖެހުން ފާޅު ކުރުމަށް ހުޅުމާލޭގައި މިއަދު މުޒާހަރާއެއް ކޮށްފައިވާ ކަމަށާއި އެ މުޒާހަރާ ތެރޭގައި އެ މީހުން ކުރިމަތިލުމުގެ ސަބަބުން ފުލުހުންނަށް އަނިޔާވި އިރު ފުލުހުންގެ ވެހިކަލަކަށް ގެއްލުންދީފައިވާ ކަމަށެވެ.
މި މުޒާހަރާގައި ބިދޭސީން ފުލުހުންނަށް ހަމަލާދޭ ވީޑިއޯއެއް އާންމުވެފައިވާއިރު، ގާތްގަނޑަކަށް ސަތޭކައެއްހާ ބިދޭސީން ވަނީ ފުހުންގެ ވެހިކަލަކަށް ގާބުރި ފަދަ އެއްޗެހި އުކާފައެވެ. އެ އުޅަނދުގެ ނިވަލުގައި ތިން ފުލުހުން ތިބި އިރު، އެ މީހުންނާ ދިމާލަށް ވެސް މުޒާހަރާގެ ބައިވެރިން ވަނީ ގާ އުކާފައެވެ.
މުޒާހަރާ ކުރާ މީހުން ޑިމާންޑު ކޮށްފައި ވަނީ މުސާރަ ދިނުމަށާއި އަނބުރާ ގައުމަށް ދިއުމަށް ޓިކެޓު ދިނުމަށެވެ.
ސިފައިންނާއި ފުލުހުންގެ ފްލެޓުގެ މަސައްކަތް ކުރި ބައެއް މީހުން ވަޒީފާ އިން ވަކިކޮށްފައިވާއިރު، ކޮވިޑް-19 އާ ގުޅިގެން ބޯޑަރުތައް ބަންދުކުރުމުން އެ މީހުން ގައުމަށް ނުފޮނުވިފައިވާ ކަމަށް އައިލެންޑް އެކްސްޕާޓުން ކުރިން ބުނެފައިވޭ. އެކަމަކު، ޗާޓަރު ފްލައިޓެއްގައި ނަމަވެސް އެ މީހުން ފޮނުވައިލަން މަސައްކަތް ކުރާ ކަމަށް ބުނެފައިވޭ.
ފުލުހުން ބުނީ އެ ހަމަނުޖެހުން މިހާރު ވަނީ ކޮންޓްރޯލް ކޮށްފައި ކަމަށާއި މުޒާހަރާ ވެސް ރޫޅާލާފައިވާ ކަމަށެ. ނަމަވެސް މި މައްސަލާގައި އެއްވެސް މީހަކު ހައްޔަރު ކުރި ކަމެއް ނުވަތަ ނުކުރާ ކަމެއް ފުލުހުން ނުބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ