ހިތަދޫ ބަނދަރުގައި ހުންނަ އައްޑޫ ކަސްޓަމްސް އޮފީސް ފަޅާލައި ވައްކަންކޮށްފި

ހިތަދޫ ޕޯޓްސް ލިމިޓެޑް އިމާރާތުގައި ހިންގަމުން އަންނަ އައްޑޫ ކަސްޓަމްސް އިމާރާތް ފަޅާލައި އެތަނުން ގިނަ އަދަދެއްގެ ލިޔެކިއުމާއި ސާމާން ވަގަށް ނަގައިފިއެވެ.
އެނގިފައިވާ ގޮތުގައި ކަސްޓަމްސް އޮފީސް ފަޅާލާފައިވާކަން އެނގުނީ މިރޭ 8:30 ހާއިރުއެވެ. އެތަނަށް ވަގުން ވަދެފައިވަނީ ތަނުގެ ކުޑަދޮރެއްގެ ބިއްލޫރި ތަޅާލައިގެން ކަމަށް މައުލޫމާތު ލިބެއެވެ. އަދި އެތަނުން ބައެއް ލިޔެކިއުންތަކާއި، އެތަނުގެ އެންމެ އިސްދެވެރިން ބޭނުން ކުރާ ކޮމްޕިއުޓަރުވަނީ ވަގަށް ގެންގޮސްފައެވެ.
ކަސްޓަމްސް އޮފީސް ހުންނަ ޕޯޓްސް އިމާރާތަކީ ސެކިއުރިޓީ ކެމެރާ ހަރުކޮށްފައިވާ ތަނެކެވެ.
މި ހާދިސާ އާއި ގުޅޭ ގޮތުން އަދި ފުލުހުންގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.
ތަފްސީލް އަންނަނީ…
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ