އިހަވަންދޫގަައި ޑައިލިސިސްގެ ހިދުމަތް ރަސްމީކޮށް ފަށައިފި

ކިޑްނީ ބަލީގެ މީހުންނަށް ދޭ ޑައިލިސްގެ ހިދުމަތް ހއ. އިހަވަންދޫގައި ރަސްމީކޮށް ދޭން ފަށައިފި އެވެ.އިހަވަންދޫ އާމިނާދިޔޯ ސިއްހީ މަޒުކަރުގައި މި ހިދުމަތްދިނުން ރަސްމީކޮށް ފަށްޓަވައިދެއްވީ އެކަމަށްޓަކާ އިހަވަންދޫ ސްކޫލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދެވެ.އާމިނާދިޔޯ ޞިއްޙީ މަޒުކަރުގައި ޑައިލިސިސްގެ ހިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، އިހަވަންދޫގެ ތަރައްގީއާ ކުރިއެރުމަށް މުއައްސަސާތަކުން ކުރަންޖެހޭ މަސައްކަތްތަކުގައި ސަރުކާރުން އެއްބާރުލުން ދެއްވާނެ ކަމަށެވެ."މާތްﷲގެ އިރާދަފުޅުން ރައީސްގެ މި 5 އަހަރުގެ ދައުރު އެމަނިކުފާނު ނިންމަވަނީ ޞިއްޙީ ދާއިރާއިން ވެވަޑައިގެންފައިވާ ވައުދުފުޅުތައް ހަގީގީތަކަށް ހައްދަވައިދެއްވުމަށްފަހު." ނާޒިމް ވިދާޅުވި އެވެ.މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ނަސީރު ވިދާޅުވީ، ކުރީގެ ސަރުކާރުތަކުން މިރަށުގެ ޞިއްޙީ ޚިދުމަތްތަކަށް ވަރަށް ބޮޑަށް އިހުމާލެވެފައިވާކަމަށެވެ. އެހެންނަމަވެސް މިއަދުގެ ސަރުކާރުން މިކަމަށް ޚާއްސަ އަހަންމިއްޔަތުކަމެއް ދެއްވާކަން މިއަދު މި ފެށުނު ހިދުމަތާއެކުވެސް ހާމަވެގެންދާކަން މެންބަރު ފާހަގަކުރެއްވި އެވެ.އިހަވަންދޫގައި ޑައިލިސިސްގެ ހިދުމަތް ފެށުމަކީ ރަައީސްގެ ވައުދުފުޅެކެވެ. ރަށުގައި މި ހިދުމަތް ފައްޓަވާނެކަން ރައީސް ވަނީ އިއުލާންކޮށްދެއްވާފަ އެވެ.މި ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވަނީ އާމިނާދިޔޯ ޞިއްޙީ މަރުކަޒަށް ވަޑައިގެން އެތަނުގެ ޚިދުމަތްތައް ބައްލަވާލައްވާފައެވެ.އިހަވަންދޫގައި އިހަވަންދޫގައި ހުންނަ އާމިނާދިޔޯ ސިއްހީ މަރުކަޒަކީ 24 ގަޑިއިރު ހިދުމަތް ފޯރުކޮށްދެމުންދާ ލެވެލް 4 ގެ ސިއްހީ މަރުކަޒެކެވެ. މި މަރުކަޒުގައި ޑައިލިސިސްގެ ހިދުމަތް ފަށާފައި މިވަނީ 3 އެނދުގެ ޔުނިޓަކާއެކުގަ އެވެ. މީގެ ތެރެއިން އެއް އެނދު ޚާއްސަކޮށްފައިވަނީ ޕޭޝަންޓުން އައިސޮލޭޓްކޮށްގެން ފަރުވާދޭން ޖެހިއްޖެ ހާލަތެއްގައިވެސް ބޭނުންކުރެވޭގޮތަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ