ނަޝީދު ވިދާޅު ވަނީ އާ ޓާމިނަލް މާ ފިނިގަދަ ކަމަށް!
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މާ ފިނި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.އެ މަނިކުފާނު މިއަދު ސޯޝަލް މީޑިއާގައި ވިދާޅުވީ އާ ޓާމިނަލްގެ ފިނިހޫނުމިން މިހާރު ހުރީ 15 ޑިގްރީ ސެލްސިިއަސްގައި ކަމަށެވެ."އެހެންވީމަ މާ ބޮޑަށް ވެސް ފިނިގަދަ. އަދި އެހާ ބޮޑަށް ފިނިގަދަކޮށް ބެހެއްޓުމަކީ އިސްރާފެއް." ނަޝީދު ވިދާޅުވި އެވެ.ނަޝީދުގެ ޕޯސްޓަށް ތާއިދު ކުރި މީހަކު ބުނީ އިންސުލޭޝަން ލީކްވާނަމަ 15 ޑިގްރީ ހާސިލު ނުކުރެވޭނެ ކަމަށާއި ކޮމްޕެސަރުން ހަކަތަ ބޭކާރުވާނެ ކަމަށެވެ.އެހެން މީހަކު ބުނީ މީހަކު ނުބުނާނަމަ ކުދިކުދި ކަންކަންވެސް ނޭނގޭ ކަމަށެވެ. އަދި އެންމެ ރަނގަޅު ފިނިހޫނު މިނަކީ 23 އާއި 24 ކަމަށެވެ. މިދިޔަ ޖުލައި މަހުގެ 26 ވަނަ ދުވަހު ރަސްމީކޮށް ބޭނުންކުރަން ފެށީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް 1އަކީ ޒަމާނީ ގިނަ ހިދުމަތްތަކާއެކު ތަރައްގީކުރެވިފައިވާ ޓާމިނަލެކެވެ. އެގޮތުން މި ޓާމިލަނުގައި ޑިޕާޗާ ހޯލުގައި 47 ޗެކިން ކައުންޓަރު ހުންނައިރު، އަމިއްލައަށް ޗެކިން ކުރެވޭ 6 ސެލްފް ސާވިސް ޗެކިން ކިއޮސްކްވެސް ވަނީ ބަހައްޓާފަ އެވެ. މީގެ އިތުރުން، މި ޓާމިނަލުގައި 12 އެއިރޯ ބްރިޖްވެސް ވަނީ ގާއިމްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ