ދިރާގު ރޯޑްރޭސްގެ ވަނަތަކަށް ދިޔަ މީހުންނަށް އިނާމު ދީިފި
މިއަހަރު ދިރާގުން ބޭއްވި ރޯޑްރޭސްގެ ވަނަތައް ހާސިލުކުރި މީހުންނަށް އިއްޔެ އިނާމު ހަވާލުކޮށްފިއެވެ.ޑީއެމްއާރްއާރް 2025 ގެ ވަނަތަކަށް ދިޔަ ފަރާތްތަކަށް އިނާމު ހަވާލުކުރީ އިއްޔެ ބޭއްވި ހާއްސަ ހަފުލާއެއްގަ އެވެ. މި އަހަރުގެ ޑީއެމްއާރްއާރްގައި ވަނަވަނައަށް ހޮވުނު ދުވުންތެރިންނަށް ޖުމްލަ 256،000 ރުފިޔާގެ ފާއިސާގެ އިނާމު ވަނީ ދީފަ އެވެ.މިގޮތުން 21.1ކޭ ކެޓެގަރީގެ ޗެމްޕިއަނަށް 25,000 ރުފިޔާގެ ފައިސާގެ އިނާމު ދިރާގުން ހަދިޔާކޮށްފައިވާއިރު ރަނަރަޕްއަށް 15,000 ރުފިޔާ އަދި ސެކަންޑް ރަނަރަޕްއަށް 10,000 ރުފިޔާގެ އިނާމު ވަނީ ދީފަ އެވެ. އަދި 5ކޭ، 10ކޭ އޯޕަން އަދި 5ކޭ ކޯޕަރޭޓް ކެޓެގަރީތަކުގެ ޗެމްޕިއަނުންނަށް 10,000 ރުފިޔާ، ރަނަރަޕްއަށް 8,000 ރުފިޔާ އަދި ސެކަންޑް ރަނަރަޕްއަށް 6,000 ރުފިޔާގެ ފައިސާގެ އިނާމުވެސް ވަނީ ހަވާލުކޮށްފަ އެވެ.މީގެ އިތުރުން 5ކޭ ސްކޫލް ކެޓެގަރީގެ ވަނަތައް ހާސިލްކުރި ދަރިވަރުންނަށް ވަނީ ހާއްސަ ގިފްޓް ވައުޗާ ހަވާލުކޮށްފަ އެވެ. އެއީ ޗެމްޕިއަނުންނަށް 5,000 ރުފިޔާ، ރަނަރަޕްއަށް 3,000 ރުފިޔާ އަދި ސެކްންޑް ރަނަރަޕް އަށް 1,000 ރުފިޔާގެ ވައުޗަރުތަކެވެ.މި ހާއްސަ ހަފްލާގައި ދިރާގުން ވަނީ 21.1 ކޭ އަދި 10ކޭ ކެޓެގަރީތަކުން 45 އިން 50 އަހަރާއި، 51 އިން 55 އަހަރާއި، 56 އިން 60 އަހަރު އަދި 61 އިން 65 އަހަރުގެ އުމުރުފުރާތަކުން 1ވަނަ، 2ވަނަ އަދި 3ވަނައަށް ދިޔަ ފަރާތްތަކުގެ އަގުވަޒަންކޮށް ހާއްސަ ސެޓްފިކެޓް ހަވާލުކޮށްފަ އެވެ.މި ހަފްލާގައި ވާހަކަ ދައްކަވަމުން ދިރާގުގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވީ ދިރާގު މޯލްޑިވްސް ރޯޑްރޭހަކީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ދުވުމުގެ ރޭހުގެ އިތުރުން ކުޑަކުދިންގެ ހައްގުތަށް ރައްކާތެރިކުރުމުގެ ޝިޔާރުގައި ހިންގޭ އަދި މިކަމަށް މަސައްކަތްކުރާ އެތަށް ޖަމްއިއްޔާއަކަށް މަންފާ ލިބޭ ބޮޑު އިޖްތިމާއީ ހަރަކާތެއް ކަމަށެވެ."މި ދުވުން ރަމްޒު ކޮށްދެނީ މުޖުތަމައުގެ އެއްބައިވަންތަކަމާއި، އެންމެންގެ ބައިވެރިވުން އަދި ދެމެހެއްޓެނިވި ވެށްޓެއް ކަށަވަރުކުރުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތް. ދިރާގު މޯލްޑިވްސް ރޯޑް ރޭސްގެ ބައިވެރިން އަދި އެހީތެރިވެދެއްވި ފަރާތްތަކުން މި މިކަމަށްދެއްވައި ތަރުހީބަށާއި އަދި މިއަހަރުގެ ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ކާމިޔާބު ރެކޯޑް ރޭހަކަށް ހެއްދެވުމަށް ދެއްވި އެއްބާރުލެއްވުމަށް ޝުކުރު ދަންނަވަން،'' އިސްމާއީލް ރަޝީދު ވިދާޅުވި އެވެ.ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2025 ގައި އިނާމު ލިބުނު ފަރާތްތައް21.1ކޭ - ފިރިހެންސަންތޯޝް ބިކްރަމް ބިސްޓް – ޗެމްޕިއަންއަޖިތް ކުމާރް ޔާދަވް – ރަނަރަޕްކިރަން ސިންގް ބޮގާޓީ ރާޖްވާރް – ސެކަންޑް ރަނަރަޕް21.1ކޭ - އަންހެންޕުލްމަތި ރަނާ – ޗެމްޕިއަންއައިޝަތު ޖިނާނީ އިބްރާހީމް – ރަނަރަޕްވެނެސާ ޑޯޒިއާ – ސެކަންޑް ރަނަރަޕް10ކޭ - ފިރިހެންމުހައްމަދު އިރުފާން – ޗެމްޕިއަންއަބްދުالله ނާސިހު – ރަނަރަޕްމުހައްމަދު ރަޝީދު – ސެކަންޑް ރަނަރަޕް10ކޭ - އަންހެންސުމިތްރާ ކުމާރީ ޗައުދަރީ – ޗެމްޕިއަންއައިޝަތު ބިންތު އަހްމަދު – ރަނަރަޕްއަނާން އަހްމަދު ރަޝީދު – ސެކަންޑް ރަނަރަޕް5ކޭ އޯޕަން – ފިރިހެންއަޖިތް ކުމާރް ޔާދަވް – ޗެމްޕިއަންކިރަން ސިންގް ބޮގާޓީ ރާޖްވާރް – ރަނަރަޕްސަންތޯޝް ބިކްރަމް ބިސްޓް – ސެކަންޑް ރަނަރަޕް5ކޭ އޯޕަން - އަންހެންސުމިތްރާ ކުމާރީ ޗައުދަރީ – ޗެމްޕިއަންޕުލްމަތީ ރަނާ – ރަނަރަޕްއައިޝަތު ޖިނާނީ އިބްރާހީމް – ސެކަންޑް ރަނަރަޕް5ކޭ ސްކޫލް 13 އަހަރުން މަތީގެ - ފިރިހެންއައިދް އަބްދުﷲ ރިފާއު - ޗެމްޕިއަންއިސްމާއިލް މުލްހާމް އާޒިމް – ރަނަރަޕްއިޒްޔާން އިސްމާއިލް ދީދީ – ސެކަންޑް ރަނަރަޕް5ކޭ ސްކޫލް 13 އަހަރުން މަތީގެ - އަންހެންކްލާރާ ސަރޭނާ އާސިފް – ޗެމްޕިއަންކިއާރާ އަފްރާހް ގާސިމް – ރަނަރަޕްލީމް އަހްމަދު ވިކާސް – ސެކަންޑް ރަނަރަޕް5ކޭ ސްކޫލް 13 އަހަރުން ދަށުގެ - ފިރިހެންމަސްރޫރް އަހްމަދު – ޗެމްޕިއަންޔޫސުފް ހޫދު ހިޝާމް – ރަނަރަޕްޒެކް ޒެވިއެލް އަހުމަދު – ސެކަންޑް ރަނަރަޕް5ކޭ ސްކޫލް 13 އަހަރުން ދަށުގެ - އަންހެންއައިރާ މުހައްމަދު އަރުޝަދު – ޗެމްޕިއަންއައިޝަތު ޒަނާ ޒިޔާއު – ރަނަރަޕްއައިޝާ ސާރާ ވިސާމް – ސެކަންޑް ރަނަރަޕް5ކޭ ކޯޕަރޭޓް – ޗެމްޕިއަން- އެމްއެންޑީއެފްމޫސާ ފަވާޒް މާލިކްސަހާއު އީސާއަބްދުالله ނާސިހުމުހައްމަދު ރަޝީދު5ކޭ ކޯޕަރޭޓް – ރަނަރަޕް- އެމްއެންޑީއެފް – ޓީ2މުހައްމަދު ފަވާޒްއަބްދުالله އިބްރާހިމްޝިފާޒް މުހައްމަދުއަހްމަދު ޖަވާދުދިރާގުން ވަނީ މި ހަފްލާގައި ޖުމްލަ 678،800 ރުފިޔާ ރޯޑް ރޭހުގެ އެންޑޯސްޑް އެންޖީއޯތަކަށް ހަދިޔާކޮށްފަ އެވެ. އެގޮތުން ރޭހުގެ ބައިވެރިން އެންމެ ގިނައިން ނޮމިނޭޓްކުރި ފަސް އެންޖީއޯއަކަށް ޖުމްލަ 200،000 ރުފިޔާގެ ފައިސާގެ އިނާމު ދިރާގުން ވަނީ ހުށަހަޅާފަ އެވެ. އަދި ބައިވެރިންގެ ރަޖިސްޓްރޭޝަން ފައިސާގެ ބަޔަކާއި ހާއްސަ ބިބް ނަމްބަރު ވިއްކައިގެން ލިބުނު ފައިސާވަނީ ރޯޑް ރޭހުގެ އެންޑޯސްޑް 13 އެންޖީއޯއަށް ހަވާލުކޮށްފަ އެވެ.ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ރާއްޖޭގައި ކޮންމެ އަހަރަކު ބާއްވާ އެންމެ ބޮޑު ދުވުމުގެ އިވެންޓެވެ. އެގޮތުން މިއަހަރު މި ބޭއްވި މި ދުވުމުގެ 16 ވަނަ އެޑިޝަން ބާއްވާފައި ވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 24 ވަނަ ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ. 4،500 އަށް ވުރި ގިނަ ބައިވެރިން މި ދުވުމުގައި ރެޖިސްޓާ ކުރިއިރު 44 ގައުމެއްގެ ދުވުންތެރިން ބައިވެރިވި އެވެ. އަދި 28 ސްކޫލާއި 128 ކޯޕަރޭޓް ޓީމް ވަނީ ބައިވެރިވެފަ އެވެ. އަދި މީގެ އިތުރުން، މިއަހަރުގެ ރޭހުގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ވަނީ ހާއްސަ ލަނޑުދަނޑިއެއް ހާސިލުކޮށްފަ އެވެ.މި ގޮތުން، ޑީ.އެމް.އާރް.އާރް ބޭއްވުމަށް ބޭނުންކުރި ކަރަންޓުގެ މިންވަރު ގްރިޑް-ޓައިޑް ސޯލަރ ސިސްޓަމް މެދުވެރިކޮށް ވަނީ 100 ޕަސެންޓް އޮފް-ސެޓްކޮށްފައެވެ.މި ހަފްލާގައި ދިރާގުން ވަނީ އަންނަ އަހަރުގެ ދިރާގު މޯލްޑިވްސް ރޯޑް ރޭސް އޮކްޓޫބަރު 30 ވަނަ ދުވަހު ބާއްވާނެކަން އިއުލާނުކޮށްފަ އެވެ.ޑީއެމްއާރުއާރަކީ ވޯލްޑް އެތުލެޓިކްސް ސާޓިފައިޑް ރޭސް ރޫޓަކާ އެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވޯލްޑް ރަނިން ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ރާއްޖޭގެ ހަމައެކަނި ބައިނަލްއަގްވާމީ ދުވުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ