އެމްޑީޕީގެ ރައީސް ޑރ. ޑީޑީ އަށް އަލުން ފިޝަރީޒު މިނިސްޓަރުކަން ދެއްވައިފި

ކުރީގެ ފިޝަރީޒް މިނިސްޓަރު، އަދި އެމްޑީޕީގެ ރައީސް ޑރ. އިބްރާހީމް ދީދީ އަށް އަލުން ފިޝަރީޒު މިނިސްޓަރުކަން ދެއްވައި މަގާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ދެއްވައިފި އެވެ.
ޑރ. އިބްރާހީމް ދީދީ އަށް ފިޝަރީޒް އެންޑް އެގްރިކަލްޗަރު މިނިސްޓަރު ކަމުގެ މަގާމުގެ ފަތްކޮޅު ދެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ފަތްކޮޅު ދެއްވުމުގެ ކުރިން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އައްޝައިޚް ޔޫސުފް ޙުސައިންގެ ކުރިފުޅުމަތީގައި، ވަޒީރު ކަމުގެ ހުވާ، ޑރ. އިބްރާހީމްދީދީ ކުރައްވައި، ހުވައިގެ އިޤްރާރުގައި އެމަނިކުފާނު ސޮއިކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ