ކެނެޑާގެ ބޮޑުވަޒީރު މިސްކިތަކަށް ޒިޔާރަތްކޮށް މުސްލިމުންނަށް ނަސޭހަތްދޭ ވީޑިއޯއެއް މީޑިއާގެ ސަމާލުކަމަށް

ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ، މިސްކިތަކަށް ޒިޔާރަތްކޮށް މުސްލިމުންނާއެކު އަޅުކަމުގައި ބައިވެރިވާ ވީޑިއޯއެއް އާންމުވެއްޖެއެވެ.
މި ވީޑިއޯއިން ފެންނަނީ ޓްރޫޑޯ، ކެނެޑާގެ ބޮޑުވަޒީރު ކަމުގެ މަޤާމަށް އިންތިޙާބު ވުމުގެ ދެ އަހަރު ކުރިން ކުރިން 2013 ވަނަ އަހަރުގެ ރޯދަމަހުގައި އެ ޤައުމުގެ ޖަމީއަތް މަސްޖިދް ނަމަކަށްކިޔާ މިސްކިތަކަށް ޒިޔާރަތްކޮށް ޖަމާޢަތުގައި ބައިވެރިވާ މަންޒަރެވެ. އޭރު އޭނާ ހުންނެވީ ކެނެޑާގެ ލިބަރަލް ޕާޓީގެ ލީޑަރެއްގެ ގޮތުގައެވެ.
މި ޒިޔާރަތުގައި ޓްރޫޑޯ ވަނީ މިސްކިތުގައި ތަޤުރީރެއް ދެއްވައި ރޯދައިގެ މުހިންމުކަމާއި ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. އަދި އެފަދަ ފުރުސަތެއް އޭނާއަށް ފަހި ކޮށް ދިނީތީ މިސްކިތުގައި ތިބި މުސްލިމުންނަށް އޭނާ ޝުކުރު އަދާ ކޮށްފައިވެއެވެ.
ޓްރޫޑޯއަކީ ކެނެޑާގެ ބޮޑުވަޒީރުކަމަށް އައުމުގެ ކުރިންވެސް މުސްލިމުންނާއި ގާތް ގުޅުމެއް ބާއްވާ ބޭފުޅެކެވެ.
އަދި އޭނާ އެ މަޤާމަށް އައި ފަހުން އެޤައުމުގެ މިސްކިތަކަށް ދިން ޓެރެރިސް ހަމަލާއާއި ގުޅިގެން އޭނާ ވަނީ އެކަމުގެ ފަހަތުގައި ތިބި ބަޔަކު ހޯދައި އެމީހުނަށް ހައްޤު އަދަބު ދޭނެ ކަމުގެ ޔަޤީންކަން މުސްލިމުންނަށް އަރުވާފައެވެ.
އަދި މުސްލިމް ރެފިއުޖީންނަށް މަރުޙަބާ ކިޔާ ރެފިއުޖީންނަށް ހިމާޔަތް ދިނުމުގައި ވެސް ޓްރޫޑޯ އަކީ ފާހަގަކޮށްލެވޭ ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ