އެމްއެންޔޫގެ ދަނާލުތަކުގައި ތިބި ދަރިވަރުންގެ ދެ މަހުގެ ފީ މައާފް ކޮށްދީފި

ކޮވިޑް-19 އާ ގުޅިގެން ޔުނިވަރސިޓީގެ މާލެ އާއި އަތޮޅުތަކުގެ ދަނާލުތަކުގައި ތިބި ދަރިވަރުންގެ މާރޗް މަހާއި އޭޕްރިލް މަހުގެ ދަނާލު ފީ މަޢާފުކުރުމަށް ޔުނިވަރސިޓީން ނިންމައިފިއެވެ.
އެ ޔުނިވާސިޓީން ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ، އެ ޔުނިވާސިޓީތަކުގެ ދެ މަހުގެ ދަނާލް ކޮވިޑް-19 ރޯގާ އާ ގުޅިގެން ޔުނިވަރސިޓީގެ ކިޔެވުން ކުރިއަށް ނުގެންދެވޭތީ އާއި އަދި ޤައުމުގެ އިޤްތިޞާދީ ގިނަ ޙަރަކާތްތަކެއް ހުއްޓުމަކަށް އައިސްފައިވާ ކަމަށެވެ.
ކޮވިޑް-19 އާ ގުޅިގެން ކޮލެޖްތަކާއި ޔުނިވާސިޓީތައް ބަންދު ކުރަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންގީ މާރިޗް 14 ވަނަ ދުވަހުއެވެ.
ޔުނިވާސިޓީތަކާއި ކޮލެޖްތައް ބަންދު ކުރަން އެންގީ އާންމު ސިއްޚަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓަރު ޖެނަރަލް އޮފް ޕަބްލިކް ހެލްތަށް ލިބިފައިވާ ގާނޫނީ ބާރުގެ ތެރެއިންނެވެ.
ރާއްޖެއިން މިހާތަަނަށް ކޮވިޑްް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައި ވަނީ 18 މީހެކެވެ. އޭގެ ތެރެެއިން 13 މީހަކު ވަނީ ރަނގަޅުވެފައެވެ. މިހާރު ރާއްޖޭގައި ފަރުވާދެމުން ދަނީ ތިން ދިވެއްސަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ