ރައްޔިތުން ރަށު ބަންދުން ފިލުވީ ޕީޕީއެމްއިން: ޑރ.ޖަމީލު

ރައްޔިތުން ރަށު ބަންދުން ސަލާމަތް ކުރުމުގެ ވާހަކަ އެމްޑީޕީން ދައްކާއިރު، އެކަން ކުރީ ޕީޕީއެމްއިން ކަމަށް ކުރީގެ ނާއިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަޙްމަދު ވިދާޅުވެއްޖެއެވެ.
ޑރ.ޖަމީލު މިހެން ވިދާޅުވެފައިވަނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން، ޕީޕީއެމްގެ އޮފީހުގައި ބޭއްވި ޖަލްސާއެެއްގައި ވާހަކަ ދައްކަވަމުންނެވެ.
ޑރ.ޖަމީލު ވިދާޅުވީ ބްރިޖެއް އަޅައި، މާލެއާއި ހުޅުލެ ގުޅުވާލައި ދެއްވީ، ތަސައްވުރުގެ ބާނީ، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުކަމަށެވެ. ޕީޕީއެމްއަކީ، ރައީސް ޔާމީންގެ ތަރައްޤީގެ ފިކުރުގައި މަސައްކަތް ކުރާނެ ޕާޓީ ކަމަށްވެސް ވިދާޅުވިއެވެ.
މިހާރު އޮތް މާލެ ސިޓީ ކައުންސިލުން މާލެއަށް ކޮށްދިންހާވެސް ކަމަކީ، ސިޓީ ކައުންސިލް އެމްޑީޕީގެ ޖަގަހައަކަށް ބަދަލު ކުރުން ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އެޑްވައިޒަރު ޑރ.މުޙައްމަދު ޖަމީލު އަޙްމަދު ވިދާޅުވެއްޖެއެވެ.
ޑރ.ޖަމީލުގެ ވާހަކައިގައި، އަންނަ މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީއަށް މެޖޯރިޓީއަށް ދިނުމަށް އެޕާޓީން ގޮވާލަމުންދާއިރު، މިހާތަނަށް އެޕާޓީއަށް މެޖޯރިޓީ ލިބުނު ކައުންސިލްތަކަށް ކުރެވުނު ކަމެއް ނެތް ކަމަށް ޑރ.ޖަމީލު ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ