ކޮވިޑު ޖެހިގެން މިއަދުގެ 4 ވަނަ މަރު!

ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑު19 ޖެހިގެން މިއަދުގެ 4 ވަނަ މިހާ ނިޔާވެއްޖެއެވެ.
މިކަމާގުޅިގެން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ، މިއަދު 4 ވަނަ މީހާ ނިޔާވެފައިވަނީ މެންދުރު 12:48 ހާއިރު އައިޖީއެމްއެޗްގެ އީއާރްއަށް ގެނެސްފައިވަނިކޮށް ކަމަށާއި ނިޔާވީ އުމުރުން 78 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. މިއީ މިބަލީގައި ރާއްޖެއިން ނިޔާވި 91 ވަނަ މީހާއެވެ.
މީގެއިތުރުން، އެންމެ ފުރަތަމަ ނިޔާވެފައިވަނީ ހުކުރުވިލޭރޭ މެންދަމު 02:46 ހާއިރު އެވެ. މިއީ އުމުރުން 86 އަހަރުގެ ދިވެހި ފިރިހެނެކެވެ. ދެވަނަ މީހާ ނިޔާވީ ހުކުރު ދުވަހު ހެނދުނު 06:30 ހާއިރު އެވެ. މިއީ އުމުރުން 64 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި 3 ވަނައަށް ނިޔާވެފައިވަނީ 86 އަހަރުގެ ދިވެހި އަންހެނެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ