އުތުރު ކޮރެއާއިން ދުރު ރާސްތާ ބެލިސްޓިކް މިސައިލެއް ޓެސްޓުކުރަން އުޅޭކަން ފަޅާ އަރައިފި

ދެކުނު ކޮރެއާއިން ދުރު ރާސްތާ ބެލިސްޓިކް މިސައިލެއް ޓެސްޓުކުރަން އުޅޭފަޅާ އަރައިފިއެވެ.
ދެކުނު ކޮރެއާއިން ދުރު ރާސްތާ ބެލިސްޓިކް މިސައިލެއް ޓެސްޓުކުރަން އުޅޭކަން ފަޅާ އަރާފައިވަނީ އެމެރިކާގެ ސަރުކާރަށާއި އެހެނިހެން ގައުމުތަކަށް ސެޓެލައިޓް ފޮޓޯތައް ފޯރުކޮށްދެމުންދާ ކުންފުންޏެއް ކަމަށްވާ ޑިޖިޓަލް ގްލޯބްއިން ހޯމަދުވަހު ރިލީޒްކޮށްފައިވާ ފޮޓޯތަކުންނެވެ.
ޑިޖިޓަލް ގްލޯބުގެ ފޮޓޯތަކުން ދައްކާގޮތުގައި އުތުރު ކޮރެއާގެ ސޮހާއީ ސެޓެލައިޓް ލޯންޗް ސްޓޭޝަންގައި އެފަދަ ކަމަކަށް ތައްޔާރުވަމުންދާކަމުގެ އަސަރުތައް ފެންނަކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
އެކުންފުނިން ބުނާގޮތުގައި އެސްޓޭޝަންގައި އެފަދަ ކަމަކަށް ތައްޔާރުވާއިރު ވަމުންދާކަމުގެ ހަރަކާތްތަކެއް ފާހަގަކުރެވެއެވެ. އެގޮތުން މީހުންގެ އަދަދު ގިނަވުމާއި، ޓްރަކް ފަދަ އުޅަނދު ތަކުގެ އިތުރުން އެފަދަ ކަމަކަށް ތައްޔާރުވުމަށް ބޭނުންވާ އާލާތްތައްވެސް ފެނެއެވެ. މިފަދަ ހަރަކާތްތަކަކީ މިއަހަރުގެ އޭޕްރިލް 13 ވަނަ ދުވަހު އެގައުމުން ޓެސްޓުކުރުމުގެ ތެރޭގައި ފެއިލްވެފައިވާ ރޮކެޓް ޓެސްޓުކުރި އިރުވެސް ފެނިފައިވާ ހަރަކާތްތަކެއްކަމަށް އެކުންފުނިން ބުނެއެވެ.
މިކަމާ ބެހޭގޮތުން އެއްވެސް އެއްޗެއް ބުނުމަށް ޕެންޓަގަންގެ ސްޕޯކްސްވުމަން ވަނީ އިންކާރުކޮށްފައެވެ ނަމަވެސް އޭނާ ވަނީ ޔޫ.އެންގެ ސެކިއުރިޓީ ކައުންސިލްގެ ގަރާރަށް ހުރުމަތްތެރިކޮށް ހިތުމަށް ގޮވާލާފައެވެ. އެގަރާރުގައިވާ ގޮތުން އުތުރުކޮރެއާއަށް މިފަދަ ބެލިސްޓިކް މިސައިލް ޓެސްޓުކުރުން ވަނީ މަނާކޮށްފައެވެ. އަދި މިގަވާއިދު އަލުން ގާއިމުކުރުމަށްވެސް އެދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ