މައިނާ ރަޝީދު އަވަހާރަވެއްޖެ

ވިކްޓްރީ ސްޕޯޓްސް ކްލަބުގެ އެއްބާނީ މައިނާ އިބްރާހީމް ރަޝިދު މިއަދު އަވަހާރަވެއްޖެއެވެ.
މައިނާ ރަޝީދު އަވަހާރަވީ، އާލާސްކަންފުޅާ ވަރަށް ގިނަ ދުވަހު އުޅުއްވުމަށްފަހުއެވެ.
ރާއްޖެއަށް ފުރަތަމަ ފަހަރަށް ރިހި މެޑަލް ހޯދަދިން ގައުމީ ފުޓުބޯޅަ ޓީމުގެ މެނޭޖަރަކީ ވެސް މައިނާ ރަޝީދެވެ.
ކުޅިވަރުގެ ދާއިރާއިން ޝަރަފުވެރިކަމުގެ އިނާމު ވެސް ހާސިލްކޮށްފައިވާ މައިނާ ރަޝީދަކީ ރާއްޖޭގައި ފުޓުބޯޅަ ދިރުވާ އާލާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ