މިހާރުގެ ތައުލީމީ ވަޒީރު ކުރިންވަނީ ދުނިޔެއަށްވުރެވެސް މާބޮޑު ދޮގެއް ހަދާފަ! އަބަދުވެސް މަސައްކަތްކުރަނީ ރައްޔިތުން ކަނުބަނދެ މަގުފުރައްދަން!

މިހާރުގެ ތައުލީމީ ވަޒީރަކީ އިސްލާމ ދީނުގެ ކަންކަމުގަ އެއްވެސް ވަރަކަށް ތެދު މައުލޫމާތު ހާމަކުރާ ވަޒީރެއް ނޫނެވެ. އަބަދުވެސް މަސައްކަތްކުރަނީ ރައްޔިތުން ރައްޔިތުން ކަނުބަނދެ ގޯނިފުލަށްލައިގެން މަގުފުރައްދަން ކަމަށް ބެލެވެއެވެ. 
އެކަން ޔަޤީންކުރެވޭ އެންމެ ބޮޑު އެއް ސަބަބަކީ "ދެން ދަރިވަރުން ދުވަސް ފަށާނީ ފަތިސްނަމާދުން" ކަމަށް ހާމަކުރިހާމަކުރުމެވެ. ރޭގަނޑެއްގެ 10 ޖެހިއިރު އެޑިޔުކޭޝަން މިނިސްޓްރީން އެޓްވީޓް ކުރުމުން ލިބުނު އުފަލުގެ ބޮޑުކަމުން މިއަދުނޫހުން ވަގުތުން ޚަބަރު ހެދިއެވެ. އަދި އެ ޚަބަރުވީ ވަރަށް ގިނަ ބައަކު ބަލައިގަތތް ޚަބަރަކަށެވެ. 
އެހެންވެ ޖެހިގެން އައި 2 ދުވަހު މާލެސިޓީގެ ސްކޫލްތަކަށް ފަތިސްނަމާދު ވަގުތު ގޮސް ބެލިބެލިމުން އެނގުނީ އެކަން ސްކޫލްގައި ނުކުރުވާކަމެވެ. އިމާމުންގާތު އަހައި އޮޅުން ފިލުވުމުން އެނގުނީ މިސްކިތަށް ކުޑަކުދިން އަރާވަރު އިތުރުނުވާކަމެވެ. ދަރިންނާއި ސުވާލުކުރުމުން 99 ދަރިވަރުންގެ ކިބައިން އެނގުނީ ގޭގައި ނަމާދުނުކުރާކަމެވެ. 
އެހެންވެ އެޑިޔުކޭޝަނުން ކުދިން ލައްވާ ނަމާދުކުރުވަނީ އެކުދިން ނުކުރިނަމަވެސް ވަޒީރު ނުވަތަ ޓީޗަރު ހުރިހާ ދަރިވަރުންގެ މަތިން ނަމާދުކޮށްލައިގެންތޯ ބަލަން ޖެހުނެވެ. އެކަމަށް ޖަވާބެއް ނުލިބި ދުވަސްތަކެއްފާއިތުވުމަށްފަހު މީޑިއާ އޮފިސަރު މިއަދުނޫހަށް ގުޅުވައިދިނީ އަޅުގަނޑުމެން އެންމެ ވެސް ވަރަށް އިޙްތިރާމްކުރާ "ޝަކީބްބެ" އަށެވެ. "ޝަކީބްބެ" ވިދާޅުވީ ކުދިން ނަމާދުކުރާކަން ބެލޭނެ ގޮތެއްވެސް ނެތް ކަމަށާއި އަދި ނަމާދުކުރޭތޯ ނުވެސް ބަލާކަމަށެވެ. އެމިނިސްޓްރީން ހަމައެކަނި ކުރާކަމަކީ ފަތިހު ހޭލައިގެން ކަސްރަތަށް އަންނާތީ ނަމާދުކޮށްގެން ކުދިން އަންނަ ކަމަށް އުންމީދުކުރުނަ ކަމަށެވެ. 
ވީމާ މިހާރުގެ ތައުލީމީ ވަޒީރަކީ އުންމީދުގެ މައްޗަށް ކަމުގެ ހަޤީޤަތް އޮޅުވާލައިގެން ހާމަކުރާ ވަޒީރަކަށވަނީ ވެފައެވެ. 
ހެނދުނު 6 ޖަހާއިރު ކަސްރަތަށް ސްކޫލަށް ދިއުމުން ހާޒިރީބަލާއިރު ފާހަގަލީނަމަވެސް ނުލީނަމަވެސް އައީ ނަމާދުކޮށްގެންތޯ ދަރިވަރުގާތު އަހައިލާނަމަ ދަރވަރުންނަށް އެކަމަށް ހިތްވަރުލިބޭނެ ކަމަށް "ޝަކީބްބެ"އަށް ދެންނެވީމެވެ. އަދި އެކަމަށް މިނިސްޓްރީގެ ކޮމިޓީގައި މަޝްވަރާކުރައްވާފައި ޖަވާބެއް ދެއްވާނެ ކަމަށް ވިދާޅުވިފަހުން މިއަދުނޫހުން ގުޅުމުން "ޝަކީބްބެ" ފޯނު ނެންގެވީ އެންމެ ފަހަރަކުއެވެ. އެދުވަހު ވިދާޅުވީ ޗުއްޓީއެއްގައި އުޅުއްވާ ކަމަށާއި ނުކުމެވަޑައިގެންފަ ޖަވާބެއް ދެއްވާނެ ކަމަށެވެ. އެއިގެ ފަހުން ގުޅާގުޅާވެސް ފޯނު ނުނެގުމުން މިހާރު ވަނީ ގުޅުން ހުއްޓާލެވިފައެވެ. 
މިފަދަ އެތައް ކަމެއްގައި ތައުލީމީ ވަޒީރު ވަނީ ކަނޑައެޅިގެން ދޮގު މައުލޫމާތު ފަތުރާފައިކަން އެއީ ޤަބޫލުކުރަންޖެހޭ ޙަޤީޤަތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ